ސިނަމާލެ ބްރިޖްމަތިން މާގަސްތަކެއް ސައިކަލްގައި އުފުލި މީހާ 750ރ. އިން ޖޫރިމަނާކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއެއްގައި ފެންނަނީ މާލެއިން ހުޅުމާލެއަށް މީހަކު ސައިކަލެއްގައި މާގަސްތަކެއް އަރުވައިގެން ބްރިޖްމަތިން ދަތުރުކުރާ މަންޒަރެވެެ. އެމީހާ ބްރިޖްމަތިން އެ މާގަސްތައް އެގޮތަށް އުފުލުމާ ގުޅިގެން އެތައް ބައެއްގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުުހުން ބުނީ ބްރިޖްގެ ހައިވޭ މަތިން މާގަސްތައް އުފުލި މީހާއާ މެދު ފިޔަވަޅު އަޅައިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މާގަސްތައް އުފުލި މީހާ ޖޫރިމަނާ ކުރީ "ގަވާއިދާ ހިލާފަށް މުދާ އުފުލުމުގެ މައްސަލާގައި" ކަަމަށެވެ.
"އެމީހާ 750ރ. އިން ވަނީ ޖޫރިމަނާކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ މިފަަދަ އަމަލްތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތަށް ނުރައްކާވާ ކަންކަން ކަމުގައިވާތީ މިފަދަ އަމަލްތަކުން ދުރުހެލި ވުމަށެވެ.



advertisment