ގދ. ތިނަދޫ ބޭރުން މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ބުރަފަތީގައި ޖެހި އެ ދޯނީގެ ފަޅުވެރިއަކު ޒަހަމްވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ޒަހަމްވެފައި ވަނީ ގދ. ތިނަދޫ އިރުން 16 ނޯޓިކަލް ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ރޯޅި" ނަމަކަށް ކިޔާ މަސްދޯނީގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓަން ފޭބި އެދޯނީގެ 25 އަހަރުގެ މަސްވެރިއެއް ކަމަށާއި އެހާދިސާގައި އެމީހާގެ ފައިގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގީ ދޯނީގެ ބުރަފަތީގައި އޮޅުނު ވާ ނެއްޓުމުގެ މަސައްކަތް އެމީހާ ކުރަމުން ގެންދަނިކޮށް ކައްޕިއަށް އޮޅިގެން ދޯނި ގިޔަރަށް ލެވިގެންނެވެ.
"މި ހާދިސާ ހިނގީ އެމީހާ އެ ދޯނީގެ ބުރަފަތީގައި އޮޅުނު ވާ ނެއްޓުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް ކެޕްޓަނަށް އޮޅިގެން ދޯނި ގިޔަރަށް ލެވިގެން، އެހާދިސާގައި އެމީހާގެ ފައިގެ ފަލަމަސްގަނޑު ވަނީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި،" އެމްއެންޑީއެފުން ބުންޏެވެ.
މިހާދިސާގެ މައުލޫމާތު މިއަދު ހެނދުނު އެމްއެންޑީއެފަށް ލިބުމާ އެކު އެސަރަހައްދަށް ގޮސް އަނިޔާވި މީހާ ވަނީ ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.



advertisment