* ރާގު: ތުޖޭ ޕިޔާރު ކަރުތީ ހެ ކަރުތޭ ރަހޭނގޭ….
ޒުވާނުންގެ ދުވަހޭ ޒުވާނުންގެ ޢީދޭ
ޒުވާނުންގެ ޖޯޝުން މިކަން ދައްކުވާށޭ
ޒުވާނުންގެ ޤައުމޭ ޒުވާނުންގެ ވަޠަނޭ
ޒުވާނުންގެ ޖޯޝުން މިކަން ދައްކަ ދޭށޭ
* *
އުފަންވީ މިޤައުމާއި ވަޠަނަށްޓަކާއޭ
ކުރަންވީ ޖިހާދެއް މި ދީނަށްޓަކާއޭ
ފުރަން ދަތުރު ޤައުމީ ނަވަށް ދެން އަރާށޭ
ކުރަންވީ މި ވާޖިބު އަދާ ކޮށްލަ ދޭށޭ
ދުވަސްތައް ތި ޢުމްރުން ނަގާވެސް ނުލާށޭ
ޒުވާންކަމުގެ ޖޯޝުން މިކަން ދައްކަ ދޭށޭ
އަމާން ބަނދަރަކަށް ޤައުމު ގެންދަން ތިބޭނީ
ޒަމާން ބަދަލުވާ މޫސުމަށްވެސް ބަލާނީ
ސަލާމަތުގެ އައްސޭރިޔަށްވެސް ދެވޭނީ
ޖަހާލަތުގެ އަނދިރިން ސަލާމަތް ވެވޭނީ
އަމާން ސާފު ބަޔަކަށް ޒުވާނުން ވެގެންނޭ
ޒުވާންކަމުގެ ޖޯޝުން މިކަން ދައްކަ ދޭށޭ
ޒުވާނުންނަކީ ކުރިމަގޭ އަލި އުޖާލާ
ޒުވާނުންގެ ޤަދަރާއި ޢިއްޒަތް އުފުލިދާ
ޒުވާނުން އެކީގައި އަތާ އަތް ގުޅާލާ
ޒުވާނުން "ޖިހާދުގެ ކަނޑީގައި ހިފާލާ
ޒުވާނުންގެ ޖީލެއް އަމާން، ގެންނަވާށޭ
ޒުވާންކަމުގެ ޖޯޝުން މިކަން ދައްކަވާށޭ
