ކޮވިޑް19 ޖެހިގެން މިއަދު 119 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ނޭޝަނަލް އިމަޖެން އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި 119 މީހުންގެ ތެރެއިން 100 މީހުންނަކީ ދިވެހިން ކަމަށާއި 19 މީހުންނަކީ ބިދޭސީން ކަމަށެވެ.
ކޮވިޑް19 ރާއްޖެއިން 6779 މީހުންނަށް ޖެހިފައިވާއިރުު 2531 އެކްޓިވް ކޭސް ހިމެނެ އެވެ. އަދި ހޮސްޕިޓަލްތަކުގައި 162 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1457 މީހަކު ހިމެނެ އެވެ. ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 26 އަށް އަރާފަ އެވެ.
ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެންއީއޯސީން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް މިއޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.



advertisment