
ތަހުނިޔާ ޓީމަށް ކިޔާލަން ރޯޅި ވެސް މަޑުކޮށްލިޔޭ
ފަޚުރުވެރި ރަންވަނަ ގެނައިމާ ވީ އުފާކަން އެންގިޔޭ
ކުޅިވަރުން ފުޓުބޯޅަ ޤައުމާ، އަތޮޅުގައި ވެސް ނަންވިދާ
މޮޅު ކުޅުން ދަނޑުގައި ކުޅޭތީ ރޫޚު ދިރިގެން ހޭލިޔޭ
އަހަރުމެންގެ ރަށަށްޓަކައި ފެހި ދަނޑުމަތީ ކުޅެގެން ގެނައި
ފަޚުރުވެރި ރަންވަނައަކުން ހިތްތައް މިއަދު ހެއްވައިފިޔޭ
އެއް ބައެއް އެއް ރޫޙުގައި ކުރި ހިތްވަރަަށް ސާބަސް ދެމުން
އެއް އަޑުން މުޅި ޖައްވުގައި ތަރުޙީބުތައް ގުގުމައިފިޔޭ
ހުނަރުވެރި ޓީމެއްގެ ކުޅުމުން ޝޯޚުކޮށް އެންމެން އެކީ
ހުނަރުވެރިކަން މިއަދު ވެސް ހަމަ ފާޅުގައި ދައްކައިފިޔޭ
ލާމެހޭހެން ރޫޙު ރޫޙާ ހެޔޮ ޢަޒުމުތައް ކުޅިވަރުން
ކާމިޔާބުގެ ވަރަ މަތީ މިގޮތަށް އަބަދު އުދުހޭށިޔޭ

