ޖަޒުބާތު ލެއްވި ކަރުގަނޑު ފެނިފާ ވި މަލުތެރޭގައި
އަޒުމާއި ގެއްލި ހިއްވަރު ނެތުނޭ މި ހަށިތެރޭގައި
ދެލޮލެއްގެ ތޫނު ޚަންޖަރު ވިދުނޭ މިލޮލުތެރޭގައި
ދެމެދުން އެވީ ޒަޚަމްފުން ހެދުނީ މި މޭތެރޭގައި
ހެދިދާނެ ދެން އިލާޖެއް ނެތް ހާލު ބަލިތެރޭގައި
ހެނދުނާ ހަވީރު ގުނެނީ ބެދެވުނު މި ދަލުތެރޭގައި
ގިނަ ބަސްތަކެއް އައިސްފާ އެބަހުރި މިދުލުކުރީގައި
ބުނެލަން ނުކެރި މިވާގޮތް އުޒުރާ ސަރަމު ތެރޭގައި
ހިނިތުންވެލައިފި އޭނާ އެވަގުތު މި ހިތުތެރޭގައި
ރަނިކަންކުރާ ހަނދެއްހެން ހަނދުމަހުގެ މެދުތެރޭގައި
ދޭނޭ ނެތޭ ޖަވާބެއް އަލަކުން ގިލަނުތެރޭގައި
ގޭނޭނެ ތަންފުކެއް ނެތް ހިތްވީ އެ މުށުތެރޭގައި
އޭނާ އެދެެއްކި ޗާޓުން ލޯބީގެ މެދުތެރޭގައި
ނޭވާގެ މަގު އޮޅިއްޖޭ ދުނިޔޭގެ ވަލުތެރޭގައި
