މަސް ފެށުނު ދުވަހާ ދިމާކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޮންލައިން ބޭންކިންގެ ހިދުމަތް މެދުކެނޑި، އެޕުން އަނެއްކާ ވެސް "ޑައުން ފޮ މެއިންޓަނަންސް" އަރުވައި އެތައް ގަޑިއިރެއްވެ، ގިނަ ބަޔަކު ރަތަށް އަރައި، ބޭންކަށް ރުޅިގަނޑު ބާލަން ފަށައިފިއެވެ. "ޑައުން ފޮ މެއިންޓަނަންސް" މިއީ މިހާރަކަށް އައިސް އަނެއްކާ ވެސް ދޭތެރެއަކުން އަރުވަމުންދާ މެސެޖެކެވެ.
މިއަދު މި މެސެޖް އަރުވާފައި ހުންނަތާ ދެތިން ހަތަރު ގަޑިއިރެއް ވަނީ ވެފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ހޫނުވެފައެވެ.
ބީ.އެމް.އެލް އެޕް ޑައުންކުރީ މީހެއްގެ އެކައުންޓަށް 77 މިލިއަން ޑޮލަރު، މުސާރައިގެ ނަމުގައި މިއަދު ޖަމާކޮށްފައެވެ. ނަމަވެސް ފަހުން ބުނީ އެއީ "އޮޅިގެން"ވީ ކަމެއް ކަމަށެވެ.

ބޭންކުން ބުނަމުން ދަނީ މެއިންޓަނަންސް މަސައްކަތެއް ކުރާތީ އެޕަށް ނުވަދެވޭތީ އެކަމަށް މާފަށް އެދޭ ކަމަށެވެ.
ތިރީގައި މި ވަނީ މި ކަމާ ގުޅިގެން ބައެއް މީހުންގެ މެސެޖްތަކެވެ.













advertisment

