Support Us

ރައްޔިތުންނަށް ހެޔޮ އެދެނީ ކޮންބައެއް؟

ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކީ އެއީ ފަހެ! ކޮން ބައެއް،
ރައްޔިތުން ހޮވިވެރިކަމަށް އެއްބާރުލުން ދެއްވާ ބައެއް

ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދޭން އުޅޭ ސަރުކާރަކަށް
ރައްޔިތުންނަށް ހެޔޮއަދައިގެން ހެޔޮލަފާ ދެއްވާ ބައެއް

ރައްޔިތުންނަށް ހެޔޮ ނުބައި އޮޅުވާ ހަދައި ޖާސޫސް ކޮށް
ރައްޔިތުން ބައިބައިނުކޮށް އެކުވެރިކުރަން އުޅެދޭ ބައެއް

ޤައުމަށާ ވަޠަނަށް އެތައް ފައިދާ ކުރާނޭ ކަން ކަމަށް
ޤައުމުގައިއޮތް ވެރިކަމާ ގުޅި، ހެޔޮ ނަސޭޙަތް ދޭބައެއް

***

ގައުމުގައިހުރި ހަރުމުދާ އަދި ބިންތަކާ މަސް ކަނޑުތަކާ
ރަހުނުކޮށް ވިއްކާ ނުލައި ދައުރެއް އެކީ ނިންމުނު ބައެއް

ދައުލަތުގެ ކުންފުނިތަކާ އަދި މަނިޓަރީއާ، ބޭންކުތައް،
ދައުލަތެއް ބަނގުރޫޓުކޮށް ދަރުވާ ނުލައި ނިންމުނު ބައެއް

ގައުމުގައިތިބި ކޮންމެ ބޮލަކަށް މިލިޔަނުން ދަރުވާނުލައި
ގައުމުއެއްކޮށް އިންދިރާސް ނުކޮށް ދައުރު ނިންމުނު ބައެއް

ދީނުގައި އެންގެވި ޙުކޫމާތާ ޢަދުލު އިންސާފަށާ،
ދީނަށާ އެކު ގޮންޖަހާ ނުމެލައި ޤައުމު ހިންގުނު ބައެއް

އަހުރެމެން ދަރި ދަރި ކޮޅަށްވެސް މިންޖު ނުވެވޭ ޙާލަތަށް،
އަހުރެމެން ޤައުމާ ވަޠަން އަޅުވެތިނުކޮށް ނިންމުނު ބައެއް

ތަންތަނުން އެކި ޤައުމު ޤައުމުން ދިން އެހީއާ ޑޮލަރުތައް،
ނަންގަވައިގެން " ކައިނުލާ" މަންފާ އެއިން ހޯދުނު ބައެއް

ޙާލުގައި މުޅި ޤައުމު ޖެހި" ކޮވިޑުގެ ވަބާ ގައި" ވީ ހިނދުން
ފައުޅުގައި " ނޭވާ މެޝިން" ގަންނަން، މަކަރު ނުހަދާ ބައެއް

ބޮޑެތި ބިޔަ ވައްކަންތަކެއް ދައުލަތުގެ ފައިސާއިން ކުރިބަޔަކު،
ބޮޑުކަމެއް ކަމުގައި ބަލައި، ޢަދުލުގެ ޙުކުމް ކޮށްދިން ބައެއް

ފަސްއަހަރު ޤައުމެއްގެ ވެރިކަންކޮށް އެކީ ނިންމާލިރު،
ހަސްފަށެއް ނެތް ޙާލަތަށް ޤައުމެއް ނުޖައްސާ ވީ ބައެއް

 

 

 

 

 

 

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *