Support Us

ނިޢުމަތުގެ އަގުވަޒަންކުރުން

މީދެވޭ އިރުޝާދެކޭ އަބަދަށްޓަކައި
ވީ ތިބާ ވިސްނަން ވަޒަންކުރުމަށް ޓަކައި

އަދަދު ގިނަނޫން އެއްފަހަރު އުމުރުން ތިބާ
ވަދެލުމަށް ދާށޭ ޖަލަށް ނުވެ އެއްކިބާ

މަގުތަކުން ﷲ ދެއްވެވި އެންމެހައި
އަގުވަޒަން މިނވަންކަމުގެ ކުރުމަށްޓަކައި

ކޮންމެ އަހަރަކު އެއފަހަރު މިގޮތުން ތިބާ
ކޮންމެހެން ކޯޓަށް ޖެހޭ ގޮސްލަން ހިނގާ

މިވެނި ސިފައާ އެވެނި ރޮނގަކުން ލެއްވިހައި
ރިވެތި ޚުލްޤުގެ އަގު ވަޒަން ކުރުމަށް ޓަކައި

ހަސްފަތާލަށް ވެސް ޖެހޭ މިގޮތުން ތިބާ
މައްސަރެއްގައި އެއްފަހަރު ވަދެލަން ހިލާ

އަދަދުނުވެވޭ ނިޢުމަތުން ފުރިހަމަ އެވާ
ގަދަވެހުރުމުގެ އަގު ވަޒަން ކުރުމަށް ޓަކައި

އެއްފަހަރު ހަފުތާއަކުން މިލެކުން ތިބާ
ވެންނެވުން ޕާކަށް ވަނީ ބޭނުން ވެފާ

ޒީނަތުން ޤުދުރަތު އެތާނގައި ލެއްވިހައި
ރީތި ފަރިކަން އަގު ވަޒަން ކުރުމަށް ޓަކައި

އެއްފަހަރު ވަދެލުން ދުވާލަކު ހަމަ ތިބާ
ފޮތްކިޔާލަން ކުތުބުޚާނާ އަށް އަދާ

މަދުނުވާ ދުވަހަކު ޚަޒާނާ އަށް ބަލައި
އަގު ވަޒަން ސިކުނޑީގެ ތިޔަ ކުރުމަށް ޓަކައި

ހެޔޮގޮތުން ވާށޭ ރުޖޫޢު އަބަދު ތިބާ
ޙަޟްރަތަށް މަތިވެރި الهގެ ދަރުމަވާ

ގަދަރު ދަނެގެން ލެއްވިފައިވި ހަޔާތުގައި
އަގު ވަޒަން އުމުރުގެ ތިބާ ކުރުމަށްޓަކައި

* އިބުނުލްޖައުޒީ رحمه الله ގެ އިރުޝާދުގެ އަލީގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *