Support Us

ސައުތު ކޮރެއާގެ އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް އެސްޓީއޯ އިން ތައާރަފްކޮށްފި

ސައުތު ކޮރެއާގެ އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހަފްލާގައި މި އާ އިކުއިޕްމެންޓްސް ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އާމިނަތު ޝިރުނާ އެވެ.

އަލަށް ތައާރަފްކުރި އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އޮފް ކެއަރ ޓެސްޓުތައް ހެދޭނެއެވެ. އަދި މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލުތަކާއި ހެލްތް ސެންޓަރުތަކުން ފެށިގެން ކްލިނިކްތަކާ ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ޑަބްލިއުއެޗްއޯ އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެއްކަން ވެސް އެސްޓީއޯ އިން ފާހަގަކުރެއެވެ.

ސައުތު ކޮރެއާގެ އެސްޑީ ބަޔޯސެންސަރ އަކީ ޑައިގްނޯސްޓިކް ވަސީލަތްތައް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. މިގޮތުން މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރު ހިފޭ މޮޅު އުފެއްދުން ތަކެކެވެ.