Support Us

’ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ނިޒާމް ގާއިމްކޮށްފި

ޕްރިޕެއަރިންގްއައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ސޯލާ-ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމް ހަރުކޮށްފިއެވެ.

މި ޕްރޮޖެކަޓްގެ ހަތަރު ވަނަ ފޭސް ކަމަށްވާ ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިފްތިތާޙްކޮށްދެއްވީ ކިނބިދޫގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.

އިޔާދަކުރުވަނިވި ހަކަތައިގެ 'ޕޮއިސްޑް' ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ޖުމުލަ 2.5 މވގެ ސޯލާ ހަރުކޮށް 2.758 މވގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ވަނީ ހަރުކޮށްފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ ފަސް ރަށެއް ޑިޒައިންކޮށްފައިވަނީ އޮފް ގްރިޑް އޮޕަރޭޝަންގައި ޑީސަލް ޖަނަރޭޓަރުތަށް ހައެއް ނުވަތަ އަށް ގަޑި އިރަށް ދުވާލު ގަޑީގައި ނިންވާލެވޭ ގޮތަށެވެ.

ފެންކައިން ބުނި ގޮތުގައި މި ޕްރޮޖެކްޓް ނިމުމުން އަހަރަކު 1.1 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކާބަންޑައިއޮކްސައިޑުގެ މިންވަރު 3000 ޓަނު މަދުކުރެވޭނެއެވެ.

'ޕޮއިސްޑް' ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅާއި ރ. އަތޮޅުގައިވެސް  މި އަހަރު ސެޕްޓެމްބަރގައި ސޯލާ ހަރުކުރަން ވަނީ ނިންމައިފައި ކަމަށް ފެނަކަ އިން ބުނެއެވެ. މިގޮތުން ބ. އަތޮޅުގައި 2.74 މވގެ ސޯލާ ޕީވީ ހަރުކުރާއިރު ރ. އަތޮޅުގައި 3.599 މވގެ ސޯލާ ހަރުކުރަން ވަނީ ނިންމާފައެވެ.

"ޕޮއިސްޑް" ޕްރޮޖެކްޓް އަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އޭޝިއަން ޑެވެލޮޕްމެންޓް ބޭންކްގެ އެހީގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.