Support Us

43 ޖަނެރޭޓަރު އަލަށް ގަނެސް އިންސްޓޯލް ކުރެވިއްޖެ: ފެނަކަ

ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މިއަދާ ހަމައަށް 43 ޖަނެރޭޓަރު އަލަށް ގެނެސް އެކި ރަށްރަށުގައި އިންސްޓޯލް ކުރެވިއްޖެ ކަމަށް ފެނަކަ އިން ބުނެފިއެވެ.

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ފެށުނު އިރު ގިނަ ރަށްރަށުގައި ހުރި ޖަނަރޭޓަރުތަކުގެ ހާލަތު ހުރީ ރަނގަޅު ކުރަންޖެހި އަދި އޯވަރހޯލް ކުރަންޖެހިފައި ކަމަށެވެ. އަދި ރަށްރަށުގެ ކެޕޭސިޓީ ވެސް ވަނީ އިތުރުކުރަން ޖެހިފައި ކަމަށެވެ.

"އަދި އައު މެނޭޖްމެންޓް ފެށުމާއެކު މިހާރުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ފެށިއެވެ. އެގޮތުން ޖަނެރޭޓަރު ބޭނުންވާ ތަންތަނަށް ޖަނެރޭޓަރު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދިޔައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ވަނީ ފޮނުވިފައެވެ. ޖަނެރޭޓަރު ފޮނުވުނު ރަށްރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތައް ވަނީ ފިލުވާލެވިފައެވެ." ފެނަކަ އިން ބުންޏެވެ.

"އޭގެ އިތުރުން ވަރަށް ގިނަ ރަށް ރަށުގެ އޯވަހޯލް ކުރުމާ އެހެން އިންޖިނިއަރިން މަސައްކަތްތަކެއް ވެސް ކުރެވުނެވެ. އަދި މިޔަދު ފުރަތަމަ ކުއާޓާ ނިމި މިޔަދާ ހަމައަށް ދިޔައިރު ކުންފުނީގެ މިހާރު އިތުރަށް 43 ޖަނެރޭޓަރު އަލަށް ގަނެވި އެކި ރަށްރަށުގައި އިންސްޓޯލް ވަނީ ކުރެވިފައެވެ. މިއަހަރު މިހާތަނަށް ދިޔައިރުގައި ކުންފުނީގެ ޖަނެރޭޓަރ ހާލަތު ރަނގަޅު ކުރެވި އަދި ޖަނެރޭޝަން ކެޕޭސިޓީ ވަނީ އިތުރު ކުރެވިފައެވެ. އެހެންކަމުން ވަރަށް ގިނަ ރަށްރަށެއްގެ ހާލަތު އަހަރު ފެށުނުއިރު ހުރި ވަރަށް ވުރެ ރަނގަޅު ކުރެވިފައިވާއިރު، މިހާރު ވެސް ޖަނެރޭޓަރުތައް އިތުރަށް އޯވަރހޯލް ކުރުމާއި ބޭނުންވާ ސްޕެއަރ ހޯދުމުގެ މަސައްކަތްތައް އެބަކުރެވެއެވެ. އަދި މި އަހަރު އަލަށް ގަތުމަށް ކަނޑައަޅާފައި ހުރި ޖަނެރޭޓަރު ތަކުގެވެސް ގެނައުމުގެ މަސައްކަތްތައް އެބަކުރެވެއެވެ. އެހެންކަމުން، ދާއިމީ ގޮތެއްގައި މި ކަންތައްތައް ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭތޯ ކުންފުނިން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ."

އަލަށް ގެނައި 43 ޖަނެރޭޓަރު ބެހެއްޓި ރަށްތައް

  1. ހއ. އުލިގަމު 250ކވ
  2. ހއ. ފިލަދޫ 250ކވ
  3. ހއ. ވަށަފަރު 400ކވ
  4. ހއ. ދިއްދޫ 1000ކވ
  5. ހދ. ވައިކަރަދޫ 250ކވ
  6. ހދ. ކުޅުދުއްފުށި 800ކވ
  7. ށ. ބިލެއްފަހި 250ކވ
  8. ށ. މާއުނގޫދޫ 400ކވ
  9. ނ. ހޮޅުދޫ 800ކވ
  10. ބ. ފުޅަދޫ 250ކވ
  11. ޅ. ނައިފަރު 600ކވ
  12. މ. މުލި 600ކވ
  13. ތ. ދިޔަމިގިލި 250ކވ
  14. ތ. ތިމަރަފުށި 400ކވ
  15. ތ. ވިލުފުށި 400ކވ
  16. ތ. ތިމަރަފުށި 800ކވ
  17. ތ. ގުރައިދޫ 800ކވ
  18. ގދ. ހޯޑެއްދެދޫ 400ކވ
  19. ޏ. ފުވައްމުލަ 800ކވ
  20. ސ. ހިތަދޫ 1000ކވ
  21. ރ. މީދޫ 800ކވ
  22. ބ. މާޅޮސަ 400ކވ
  23. ނ. މާފަރު 400ކވ
  24. ރ. މާކުރަތު 400ކވ
  25. ރ. އަލިފުށި 600ކވ
  26. ނ. ހެނބަދޫ 250ކވ
  27. ބ. ކިހާދޫ 250ކވ
  28. ތ. ބުރުނީ 250ކވ
  29. ށ. މަރޮށި 250ކވ
  30. ބ. ކަމަދޫ 600ކވ
  31. މ. ދިއްގަރު 600ކވ
  32. ހދ. ކުޅުުދުއްފުށި 600ކވ
  33. ރ. ހުޅުދުއްފާރު 600ކވ
  34. ހދ. ކުޅުދުއްފުށި 600ކވ
  35. ލ. ހިތަދޫ 600ކވ
  36. ފ. ބިލެއްދޫ 600ކވ
  37. ށ. ފޯކައިދޫ 600ކވ
  38. ހދ. ކުޅުުދުއްފުށި 1200ކވ
  39. ހދ. ހަނިމާދޫ 1200ކވ
  40. ހދ. ކުޅުދުއްފުށި 800ކވ
  41. ޅ. ނައިފަރު 1200ކވ
  42. ގއ. ކޮލަމާފުށި 600ކވ
  43. ރ. އިނގުރައިދޫ 600ކވ