
އުޅުމެކޭ ސާދާ ދިވެހި، ދިވެހީން މިތާ އުޅެމުންދަނީ
އުޅުމުގައި ހިތްހެޔޮ ކަމާ އެކުވެރިކަމޭ ދައްކައިދެނީ
އިހު އެވޭލާ ކާބަފައިން ފަދައިން ކަނޑާ ފަޅުތަކުތެރޭ
ފިހި ދެލޯ ދާންދެން ރިޒުޤު ހޯދަން މިއަދު ވެސް ފީނަނީ
ހޫނު އަތްވާ ގަދަ ވަޔާ ވާރޭތެރޭ ފަސްގަނޑު ޖަހައި
މާނަހުރިގޮތުގައި ނަފާ ހޯދާށެ ދަނޑުތައް ހައްދަނީ
ހުޅުވުނަސް ބޮޑުކޭމަކުން ކެއުމަށް އެނގޭހޭ؟ ފުރުޞަތެއް
އުޅުނު އެކުވެރި ދިރިއުޅުން، ޅަދުވަހުގެ ޞަފްޙާގައި ވަނީ
މާމުޔާ ޝަރުބަތު ކޯރުން، ހިތް ފުރާ ހިނދުގައި ބޮޑުން
ހާމައަށް ފެންނާން އޮތަސް ހާލަތު ކަތުން ތިބި ނޭނގެނީ
ފުރައަމެންގެ ވަޠަން އެދޭ ގަރުދިޔަ ބަތޭ ކާން ބޭނުމީ
ދިރިއުޅުން އާދައިގެ ގޮތަށޭ އުޅެލުމަށް ހަމަ ކަމުދަނީ
