ފިރުކިލާށޭ އުދުހުމުގެ އިހުސާސްގައި
ދިރިއުޅޭށޭ މަރުވުމުގެ އިޚުލާސްގައި
ނާށިގަނޑު ދެއަތުން ހިފާ އީމާނުގައި
ލާރިގަނޑު މީހާ ލައޭ ނުގުޞާނުގައި
ލޯބިއެދުމުން ހިތްރޮއޭ ހައިޖާނުގައި
ތޯހިރުން މޭ ފުރިދެއޭ އިހުސާނުގައި
ޖިފުޓިގަނޑުގައި ހީނލައޭ އުންމީދުގައި
ނުފުދިގެން ގަނޑުވަރުގެ އުޅެނީ ދަރުދުގައި
މިނިވަނުން ނޭވާލައޭ ހިނިމޫނުގައި
ގިނިއަނދާނަމަ ހިތްރޮނީ ދިލަހޫނުގައި
ޢާއިލީވެށި އުތުރެއޭ ހަރަކާތުގައި
ވާހުށީ އެކަނިން ހުތުރު ސަކަރާތުގައި
ދިއްކުރުން އަތް ލަދުވެތީ ފަރިޔާދުގައި
ހިތްރުހުން ހާލަށް މޮޅީ މަރިޔާދުގައި
