Support Us

ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވަން މަނާކޮށްފި

ކޮވިޑް19 ޖެހޭ މިންވަރު އިތުރުވަމުންދާތީ، އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މާދަމާ ރޭ 8 އިން ފަތިހު 5 އާ ދެމެދު އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެެއް، މާލޭ ސަރަހައްދުގައި ދުއްވުން މަނާކޮށްފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނިއުސް ކޮންފަރެންސްގައި ތަރުޖަމާން ނަޒުލާ ރަފީގު ވިދާޅުވީ މި ބަދަލާއެކު، ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވާން އެދިވަޑައިގަންނަވާ ކަމަށެވެ.

މި ނިއުސް ކޮންފަރެންސްގައި ފުލުހުންގެ ފަރާތުން ވިދާޅުވީ، ރޭގަނޑު 8 ގެ ފަހުން އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެެއް މާލެ، ވިލިމާލެ، ހުުޅުމާލޭގައި ދުއްވާ ނަމަ، ހުއްޓުވައި ފުރަތަމަ ފަހަރު ނަސޭހަތްދީ، އަދި ޖޫރިމަނާކޮށް އަދި ވެހިކަލް ވެސް ޓޯކުރާނެ ކަމަށެވެ.

މާދަމާ ރޭ 8 އިން ފަތިހު 5 އާ ދެމެދު އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެެއް ދުއްވުން މަނާ ނަމަވެސް ރޭގަނޑު 8 އިން 10 އާ ދެމެދު މީހުން މަގުތަކަށް ނުކުމެ އުޅުުން އަދި މަނާ ނޫން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ރޭގަނޑު 10 އިން ފަތިހު 5 އަށް މީހުން ބޭރަށް ނުކުމެ އުޅުން، ކުރިއެކޭ އެއްގޮތަށް މަނާވާނެ ކަމަށާއި އެހެންވެ ފިހާރަތަކާއި އެހެން ތަންތަނުގައި މަސައްކަތްކުރާ މީހުން ވެސް ރޭގަނޑު 8 ގެ ފަހުން އެނބުރި ގެއަށް ދާންވާނީ ހިނގައިފައި ކަމަށް ފުލުހުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *