Support Us

ހަކުރު، ކިޑްނީ، ހިތުގެ ބަލިތަކަށް ހާއްސަ ބޭސްތަކަށް ހޭލުންތެރިކުރުވުމަށް އެސްޓީއޯ އިން ކޮންފަރެންސެއް ބާއްވައިފި

ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ހާއްސަ ބޭސްތަކާ މެދު ޑޮކްޓަރުންނާއި ނަރުހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ އިން ހާއްސަ ކޮންފަރެންސެއް ބާއްވައިފިއެވެ.

އެސްޓީއޯ މެޑިކަލް ސާވިސަސް އިން އިސް ނަގައިގެން މި މަހު 28 ގައި މި ކޮންފަރެންސް ބޭއްވީ "އެސްޓީއޯއިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި ރާއްޖެއަށް ތައާރަފްކުރި އެސްޓްރާޒެނެކާ ބްރޭންޑްގެ ބޭސްތަކުގެ ތެރެއިން ހަކުރުބަލީގެ ދެވަނަ ސްޓޭޖްގެ ބަލިމީހުންނަށް ފަރުވާކުރުމަށް ހާއްސަ ބޭސްތަކުގެ ތެރެއިން އެއްބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް މުހިއްމު ރޯލެއް އަދާ ކުރާ ބޭހެއް ކަމުގައި ޔޫއެސްގެ އެފްޑީއޭ އިން ނިންމުމުން މިއާ ގުޅޭ މުހިއްމު މައުލޫމާތު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ފޯރުކޮށްދިނުމަށް" ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ސިއްހީ ދާއިރާގެ 100 އަށް ވުރެ ގިނަ މަސައްކަތްތެރިން ބައިވެރިވި މި ކޮންފަރެންސްގައި ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމުގައިވާ ޑރ. މުހައްމަދު ސިރުހާނާއި ޑރ. އިބްރާހިމް ޝިހާމާއި ޑރ. ޝަނީޒް ނަޖްމީ ވަނީ ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާ ބެހޭ މުހިއްމު މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.

"އެސްޓީއޯ މެޑިކަލް ސާވިސަސް އަކީ އަބަދުވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް،" އެސްޓީއޯ ގެ ބަޔާނުގައިވެއެވެ.