ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ޙިއްސާވުމަށް ސްޓެލްކޯއިން އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ލޭހަދިޔާކޮށްފިއެވެ.
އިއްޔެ ހިންގި މި ޕްރޮގްރާމުގައި ސްޓެލްކޯގެ އެކި ފަންތީގެ 100 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ވޮލަންޓިއަރކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
"މިފަދަ ދާއިރާތަކުން މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި ސްޓެލްކޯ އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއް،" ސްޓެލްކޯގެ ބަޔާނެއްގައި ބުނެފައިވެއެވެ. "މި ޕްރޮގްރާމަށް މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑުތަރުޙީބެއް ލިބިގެންގޮސްފައި. ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައި."

ސްޓެލްކޯ އިން ބުނީ މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި "މި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފަހުރުވެރިކަމާއެކު ޝުކުރުދަންނަވަން" ކަމަށެވެ.




advertisment

