އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑްގެ އައިސް އަލަމާރި އާއި ދޮންނަމެޝިން ވެސް "ހަކަތަރި" ލޭބަލްގައި ބާޒާރަށް ނެރެފިއެވެ.
"ހަކަތަރި" ލޭބަލަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު ދެނެގަނެވޭނެ އަދި އަންގައިދޭ ދިވެހި ލޭބަލެވެ. ކަމަށްވާ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އެޅުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފައިވާ ހަކަތަރި ޕްރޮގްރާމްގައި އެސްޓީއޯ އިން ބައިވެރިވީ އެ ކުންފުނިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްދޭ މުދާކަން ކަސްޓަމަރުންނަށް އަންގައިދިނުމަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
"މި ކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކުރަމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހިޓާޗީ ބްރޭންޑްގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު ޕްރޮޑަކްޓްސްތައް މާކެޓަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ." އެސްޓީއޯ އިން ބުނެއެވެ.
"މި ޕުރޮގުރާމުގެ މަގްސަދަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. މިގޮތުން 2021 ވަނަ އަހަރު ތަޢާރަފު ކުރެވުނު ހަކަތަރި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުންޏަކީ އެސްޓީއޯ އެވެ. އެސްޓީއޯއަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި، އަދި މުޖްތަމައަށް ފައިދާކުރުވާ ޒަމާނީއާކަންކަން ތައާރަފް ކުރުމުގައި ހާއްސަ އިސްކަމެއްދޭ ކުންފުންޔެކެވެ. އެގޮތުން 12 މެެއި 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް ހަކަތަރި ލޭބަލް ޖެހި ހިޓާޗީ އެއަރކޮންޑިޝަނަރ ތަޢާރަފް ކުރެވުނެވެ. އެސްޓީއޯއިން ހަކަތަރި ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އޭ.ސީތައް ހިމެނެއެވެ. މިކަމުގެ ސަބަބުން މުޖުތަމައު އިތުރަށް ހޭލުންތެރިވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފައިދާކުރަނިވި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިގެންދިޔައެވެ." އެސްޓީއޯގެ ބަޔާނުގައިވެއެވެ.

"މީގެ އިތުރުން ނޮވެމްބަރު 2023 ވަނައަހަރު ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާ އިތުރަށް ފުޅާކުރެވިގެންދިޔައެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ. ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާ ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު އެކެއް އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ."



advertisment

