Support Us

ސައުދީގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން

ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިނުލަނީސް އިޒްލޭއާއެކު ގުޅުން ގާއިމެއް ނުކުރާނަން: ސައުދީ

ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިނުލަނީސް އިޒްލޭއާއެކު ގުޅުން ގާއިމް ނުކުރާނެ ކަމަށް ސައުދީ އަރަބިޔާން ބުނެފިއެވެ.

ސައުދީން މިކަން އިއުލާންކޮށްފައި މިވަނީ، ޔޫއޭއީން އިޒްރޭލާއެކު ގުޅުން ބަދަހިކޮށްފައިވާ ހުށަހެޅުމާއި އެއްގޮތަށް ސައުދީން ވެސް އަމަލުކުރާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

އިޒްރޭލާއެކު ގުޅުން ބަދަހިކުރިކަން މިދިޔަ ހަފްތާގައި ޔޫއޭއީން އިއުލާންކޮށްފައިވާއިރު، އެއީ ގަލްފު ސަރަހައްދުގެ ގައުމެއް އިޒްރޭލާއެކު ރަސްމީކޮށް ގުޅުން ބަދަހިކުރި ފުރަތަމަ ފަހަރެވެ. އެމެރިކާއިން މެދުވެރިއެއްގެ ގޮތުގައި އޮވެ އެކުލަވާލި މި ހުށަހެޅުން ގަބޫލުކޮށް، އަރަބި އެހެން ގައުމުތަކުން ވެސް އިޒްރޭލާއެކު ގުޅުން ގާއިމްކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިޒްރޭލާއެކު ގުޅުން ގާއިމްކުރަން ސައުދީއަށް އެމެރިކާއިން އިޝާރާތްކޮށްފައިވާތާ ދުވަސްތަކެއް ފަހުން ސައުދީގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވީ އިޒްރޭލާއެކު ގުޅުން ގާއިމްކުރާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އެ ގައުމުން ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމުން ކަމަށެވެ.

އިޒްރޭލާއެކު އަރަބި ގައުމުތަކުން ގުޅުން ގާއިމްކުރުމުން، މެދުއިރުމަތީގައި ސުލްހަ މަސްލަސްކަން ގާއިމްކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ސަރަހައްދުގެ ބައެއް ގައުމުތަކުން ބުނެފައި ވީނަމަވެސް، އިޒްރޭލުން ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިނުލަނީސް އެކަން ކާމިޔާބުނުވާނެ ކަމަށް ކަމާބެހޭ މާހިރުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *