ކުރާށޭ ނަފްސުތައް ސީދާ މިތާ ތަޤްވާގެ ކަންވާރުން
ނުދާށޭ ހެއްލިގެން ދުނިޔޭގެ ދަޅައާ އޭގެ އަންވާރުން
ލިބޭ ފުރުޞަތުތަކާ ދުނިޔޭގެ އާރާ ބާރު ދެއްވުމުގައި
ތިބާ ވިސްނާ ފޮރުވި ވާނޭ އެތައް ސިއްރެއް ނުވާ މޭރުން
ހަރާމު ހަލާލު ބެލުމެއް ނެތި އެދުން ޝަހުވަތުގެ އިސްކުރުމުން
ފުރާލެވެނީ ނަރަކަ ނޫންހޭ؟ އަރާމާ ލައްޒަތުގެ އާރުން
މިތާ ޣާފިލްވެ، މަޖަލާ ކުޅިވަރަށް ހެއްލިއްޖެނަމަ ވެދުމަށް
އެތާ އަލިފާންގަނޑޭ ލިބެނީ، ޔަޤީން ނުފިލޭނެ ގަދަ ބާރުން
އަވާމެންދުރު ފަހައި ދުވަމުން، ހަވާ ނަފްސުގެ އެދުންތަކުގައި
ހުވާސް ދާންދެން އުޅުނު ނަމަވެސް، ހަޔާތް އަލިވޭހެ؟ ނައްވާރުން
ހަވާނަފްސަށް ނުލައި ދީލާ، އަދައިގެން އާޚިރަތް އުޅުމުން
ސަވާބާ ދަރުމައާ ރަޙްމަތްފުޅުން ލިބެނީ އެ ދަރުބާރުން
