ހެއްލި ލެނބިގެން ގެއްލިދާކަށް ދުނިޔެއަށް ހަމަ ހެޔޮނުވާނެ
ގެއްލި އެތަނާއެކު ތިބާވެސް މަރުގެ ފަހަތުން ގެންދަވާނެ
މާތްމަކާނުގެ ޚާޒިނެއްކަމުގައި ވިމާތް ރިޟުވާނު ވާ
ދާއިރާ އަށް މާދަމާ ދާން ޢަމަލު މިއަދުގެ ޙައްޤުވާނެ
އެތަނުގައި އެކުވެރިއަކަށް ކައުސާހިބާ އަޙުމަދު ވެފައި
އެތެރެއާ ބޭރުން އެތަން ރަޙުމާނު މާތް ބަލަހައްޓަވާނެ
ތަނުގެ ގަނޑުވަރުތައް ރަނުން އަދި ބިމުގެވެލި މިސްކުން ވެފައި
ވިނަ ފަޅައި ކުކުމުގެ އެތާ ފެހި ދޫލަތައް އެޅިފައިމެވާނެ
ކޯރުތައް ހުދު ސާފު ކިރު އަދި މާމުޔާއެކު އެތަނުގައި
ރޯދިމާއަށް ފެންނަހެން ހިނގަމުން އަބަދުވެސް ދައުރުވާނެ
މަލުގެ ކަރުގަނޑުތަކުތެރޭގައި ފޮނިދެމޭ ފަދައިން ދެމޭ
ރަލުގެ ރާޙަތު ތަނުގެ ކާނާގައި ވެގެން ޝާމިލުމެ ވާނެ
ދޫނިތައް ގޮފިތަކުމަތީގައި އިޢުތިކާފުކުރާ ހިނދުން
ތޫނު ރީތިއަޑުން އެތާ ތަސްބީޙަތައް ގިނަ ދަންނަވާނެ
ކާކުތޯ އެދެނީ ގެއެއް އާރާސްތު ކުރުމަށް ޖަންނަތުން
ސާފު ނިޔަތުން ސަޖިދަކޮށްގެން އަނދިރި ރޭތައް އަލިކުރާނެ
