Support Us

ހައިވޭ މަގެއް ބިނދިގެން ޗައިނާގައި 19 މަރު

ދެކުނު ޗައިނާގައި ހައިވޭ މަގެއް ބިންދައިގެން ދިއުމުން މަދުވެގެން 19 މީހުން މިއަދު މަރުވެއްޖެއެވެ.

މި ހާދިސާގައި ހަތަރު ފުރޮޅު ލީ އުޅަނދުތަކެއްގައި ތާށިވި 30 މީހަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ސީ.ސީ.ޓީ.ވީ.އިން ބުނީ ގުއެންގްޑޮންގް ޕްރޮވިންސްގައި އޮތް މި ހައިވާ މަގުން 58 ފޫޓުގެ ބައެއް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

މި ކަމުގެ ސަބަބުން އެތައް ބަޔަކު ވަނީ ވެހިކަލްތަކުގައި ތާށިވެފައެވެ.

"ނަވާރަ މީހުން މަރުވެފައިވާކަން ޔަގީން ކުރެވިފައިވޭ. އަދި 30 މީހުންނަށް ދަނީ ކުއްލި ފަރުވާ ދެމުން،" ސީ.ސީ.ޓީ.ވީ.އިން ބުންޏެވެ.

ސީ.ސީ.ޓީ.ވީ.އިން ބުނީ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފުސީލު ސީ.ސީ.ޓީ.ވީ.އިން ނުދެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުޓެޖްތަކުން ފެންނަނީ ހައިވޭ މަގު ބިންދައިގެން ގޮސް ފުން އަދި އަނދިރި ވަޅުގަނޑެއް ފަދަ ތަނަކަށް ގަނބައިގެން ގޮސް އަލިފާނާއި ދުން އަރާ މަންޒަރެވެ.

ހައިވޭ މަގު ބިންދައިގެން ދިޔަ ސަބަބު އަދި ނޭނގޭ ކަމަށާއި މީހުން ސަލާމަތް ކުރުމަށް 500 އެއްހާ އެހީތެރިން ފޮނުވާފައިވާ ކަމަށް ސީ.ސީ.ޓީ.ވީ.އިން ބުންޏެވެ.

ގުއެންގްޑޮންގް ޕްރޮވިންސަށް ވޭތުވެދިޔަ ހަފުތާތަކުގައި ވަނީ މޫސުމީ ބަދަލުގެ އެތައް ނުރަނގަޅު އަސަރެއް ކޮށްފައެވެ. އެ ގޮތުން ބޯކޮށް ވާރޭ ވެހުމާއި ފެންބޮޑުވުމާއި އަދި ފުރާނައަށް ނުރައްކާވާ ފަދަ ނަގޫރޯޅިއެއް ވެސް އަރާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *