ރާގު: ހަމް ބޫލުގައެރެ ހަރް ބާތު
ވަކިވުމުގެ ވަގުތު ޖެހުމުން، ވަދާޢުކިޔާ ދަނީހެއްޔޭ
ދީފާ ހެޔޮކަން ރަމަޟާން، ވަދާޢުކިޔާ ދަނީ ހެއްޔޭ
އަލިނޫރު އިނާޔަތު ލިބިދީފާ
އާލަމް އެ އަލިން ރޯޝަން ކުރުވައި
ހިނިތުންވެ މި އާލަމު ވީ ހިނދުގައި
ދައުރާނަވެ އަލި ހަނދު ދައުރު ވެލީ
ރަމަޟާނު ޝަޒާމި ފަތުރާ
ވަދާޢުކިޔާ ދަނީ ހެއްޔޭ
ރޯދައިގެ ކެތާ ތަޤުވާގެ އޮށާ
ހިތްތަކުގައި އިންދާ ހައްދާފައި
ނޭދޭނެޔެ ވަކިވާން ނޫރާނީ
އަލިކަން ޢާލަމް ގައި ފަތުރައިދިން
ނިޢުމަތުގެ ނަޞީބެއް ފަތުރާ
ވަދާޢު ކިޔާ ދަނީ ހެއްޔޭ
