Support Us

ބަނޑަށް ޖައްސައިގެން އިސްރާއީލު ވަނީ ޣައްޒާގައި ދިރިއުޅުން މުސްތަޙީލު ކަމަކަށް ހަދައިފައި: މިޞްރު

ޣައްޒާ ޙިޞާރުކޮށްގެންނާއި ޣައްޒާ ބަނޑަށް ޖައްސައިގެން އިސްރާއީލު ވަނީ ޣައްޒާގައި ދިރިއުޅުން މުސްތަޙީލު ކަމަކަށް ހަދައިފައި ކަމަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓުގައި މިޞްރުގެ މަންދޫބާ ޔާސްމީން މޫސާ ވިދާޅުވެއްޖެއެވެ.

މިޞްރުގެ މަންދޫބާ ވިދާޅުވިއެވެ. "އިސްރާއީލުގެ ލާއިންސާނިއްޔަތުކަމާއި ވަލުކަން ވަނީ ޣައްޒާއަށް ޢާންމުވެ ޝާމިލުވެ ދާއިމީވެފައެވެ." އޭނާ އިޝާރަތްކުރެއްވި ގޮތުގައި ސަލާމަތީ މަޖިލީހުން ޣައްޒާ ހަނގުރާމަ ހުއްޓުވުމުގައި ފޭލްވެފައިވާތީ އިސްރާއީލުންދަނީ ފަލަސްޠީނު މީހުން އެމީހުންގެ ބިމުން ގަދަކަމުން ބާލަމުންނެވެ. 

"ފަލަސްޠީނުގެ ބިމަކީ މިޒަމާނުގެ ތާރީޚުގައި ބައެއްގެ ބިން އެންމެ ދިގު މުއްދަތަކަށް ދައުލަތަކުން ހިފައިގެން އޮތްއޮތުމެވެ." އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ހިފައިފައިވާ ފަލަސްޠީނުގެ ބިމުގައި ދުރާލައި ރާވައިގެން މީހުން ވަޒަންވެރިކުރުވުގެ ސިތާސަތުގެ އަމާޒަކީ އެ ބިމުގެ އާބާދީގެ ތަރްކީބަށް ބަދަލުގެނެސް ޙާލަތު އޮތްގޮތޭ ކިޔައިފާ އެ ބިންތައް އިސްރާއީލުގެ ތަންތަން ކަމުގައި ހެދުމެވެ."

އޭނާ ވިދާޅުވިގޮތުގައި ވަކި މުއްދަތެއް ނެތް ގޮތަކަށް އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮތްއޮތުމަކީ ފަލަސްޠީނު މީހުންނަށް އެމީހުންގެ ކުރިމަގު ކަނޑައެޅުމުގައި ލިބިފައިވާ ޙައްޤާ ދެކޮޅުހެދުމެވެ. 

އޭނާ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ. "ފަލަސްޠީނު މީހުންނަށް އިންސާފު ނުލިބި މެދުއިރުމައްޗަށް ޞުލްހަމަސަލަސްކަމެއް އަމާންކަމެއް ހަމަޖެހުމެއް ނުލިބޭނެތެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *