Support Us

ހަޔާތުގައި، ބައެއް ފަހަރު، ގެއްލޭ އެއްޗަކީ ލިބޭ ފައިދާއަކަށް ވެއެވެ

(ތަރުޖަމާއެއް ކުޑަ ބަދަލަކާއެކު)

 

އިނބަ ހިތުން ޝައްކުތައް ފިލައި ދިޔުމުންނެވެ.

ދެން، އިނބައަށް އީމާންކަމުގެ ޔަގީން ލިބެއެވެ.

 

އިނބަ ރޮއި ކަރުނަ އޮހޮރާ ނިންމާލުމުންނެވެ.

އެ ކަރުންތަކުގެ ތެރެއިން އުއްމީދު އުފެދި ހެދޭ ގޮތް ވެއެވެ.

 

އިނބަގެ ކިބައިން ޖެހިލުންވުމާއި ބިރު ފިލުވާލުމުންނެވެ.

ދެން، އިބައަށް ކެރުމާއި ހިއްވަރު ލިބެއެވެ.

 

އިނބައަށް ލޯބި މެދުވެރިކުރުވާ ވޭންތައް އިނބަ ދޫކޮށްލުމުންނެވެ.

ދެން ލޯބީގެ ޒަޚަމްތަކަށް ޝިފާ ލިބި، ފަސޭހަވާ ގޮތް ވެއެވެ.

 

އިނބަ ހައްޔަރު ކުރާ ކަސްތަޅުތައް އިނބަ މުގުރާލުމުންނެވެ.

ދެން، އިނބައަށް މިނިވަންކަން ލިބެއެވެ.

 

އިނބަގެ ހަޔާތުން އަނދިރިކަން އިފިލުވާލައިފުމުންނެވެ.

ދެން، އިނބަގެ ހަޔާތަށް އަލިކަން އާދެއެވެ.

 

އިނބަގެ އަމިއްލަ ނަފްސުގެ ބޮޑުކަން ދިޔަދިނުމުންނެވެ.

ދެން އިނބަގެ ހިތް މަޑުކޮޅިވެ، އިނބަގެ ހިތް ތިރިވެއެވެ.

 

އިނބަގެ ފަޚުރުވެރިވުމާއި ކިބުރުވެރިކަން ދޫކޮށްލުމުންނެވެ.

ދެން، އިނބައަށް އިނބަގެ ހަގީގަތް ފެންނަ ގޮތް ވެއެވެ.

 

އިނބަގެ އިހުގެ ނުރަގަނޅު ކޮޕީ ދޫކޮށްލުމުންނެވެ.

ދެން، އިނބަ އާވެ، އިނބަގެ ރަނގަޅު ކޮޕީއެއް އިނބައަށް ލިބެއެވެ.

 

އިނބަގެ ކުރިއެރުމަށް ހުރަސްއަޅާ މާޒީ ދޫކޮށްލުމުންނެވެ.

ދެން، އިނބަ ކުރިއަރައިދެވޭ މުސްތަގުބަލަކަށް އިނބައަށް ދިޔުމުގެ މަގުފަހިވެއެވެ.

 

އިނބަގެ ބޭރުން އިވޭ އަޑުތައް ކަނޑުވާލުމުންނެވެ.

ދެން، އިނބަގެ ނަފްސުގެ ތެރެއިން އިވޭ އަޑު އެހުމުގެ ގޮތް މެދުވެރިވެއެވެ.

 

ހަޔާތުގެ އޮޅުން ބޮޅުން ގަނޑު ފިލުވާލުމުންނެވެ.

ދެން، ހަޔާތާ ސީދާ ސާދާ ގޮތް ފެނެއެވެ.

 

ކޮންމެ ކަމަކަށް ގޮތް ކިޔުމާ ދުރުވުމުންނެވެ.

ދެން، ހަމްދަރުދީވުމުގެ ސިފަ އިނބަގެ ކިބައިގައި އުފެދެއެވެ.

 

އިނބަގެ އަމިއްލަ ނަފްސަށް އަބަދުމެ ފާޑުކިޔުން ދޫކޮށްލުމުންނެވެ.

ދެން، އިނބަގެ އަމިއްލަ ނަފްސަށް ލޯބިކޮށް އަޅާލެވޭ ގޮތް ވެއެވެ.

 

ދެން ސުއާލަކީ އިނބަ އަތުން އެއްޗެއް ގެއްލުމުން ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *