މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކް އާއި ފެނަކަ ކޮޕަރޭޝަނުން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ފެނަކައިގައި ބޭއްވި ބައްދަލުުވުމެއްގައި މި އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީފެ ޑެޕިއުޓީ މިނިސްޓަރ ޒޫޝާން ކަމާލުއްދީނެވެ. ފެނައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ހުސެއިން ޒުހުރީ އެވެ.
ޕޮލިޓެކްނިކްއާ އެކު ސޮއިކުރި މި އެއްބަސްވުމަކީ މަސަައްކަތްތެރިކަމުގެ ދާއިރާއަށް މީހުން ތަމްރީން ކުރުމުގެ އިތުރުން ފެނާއި ނަރުދަމާގެ ގާނޫނާއި، ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދަށް އެކުންފުނީގެ ޓެކްނިކަލް މުވައްޒަފުން އެއްހަމަ ކުރުމަށާއި ޕޮލިޓެކްނިކްގެ ދަސްވާރުންނަށް އިންޑަސްޓްރިއަލް އެކްޕީރިއެންސް ހޯދައިދިނުމުގެ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށް ފެނައިން ބުނެ އެވެ.