Support Us

މެލޭޝިޔާގެ ރަސްކަމަށް އިބްރާހީމު އިސްކަންދަރު އިސްކޮށްފި

މެލޭޝިޔާގެ ރަސްކަމަށް ޖޮހޯރު ސްޓޭޓްގެ އިބްރާހީމު އިސްކަންދަރު މިއަދު އިސްކޮށްފިއެވެ.

މެލޭޝިޔާގެ ރަސްކަމުގެ ނިޒާމަކީ ފަސްއަހަރުން ފަސްއަހަރުން ދައުރު ބަދަލުވާ ގޮތަށް އޮންނަ ނިޒާމެކެވެ. 

އޭނާގެ ބާރުތަކަކީ ޝަރަފުވެރި ރަމްޒީ ބާރުތަކެކެވެ. ޢުމުރުން 65 އަހަރުގެ އިބްރާހީމު އިސްކަންދަރު ރަސްކަމަށް މިއަދު އިސްކުރީ ކުރީގެ ރަސްގެފާނު ޢަބްދުﷲ ސުލްޠާން އަޙްމަދު ޝާހްގެ ރަސްކަމުގެ ފަސްއަހަރުގެ މުއްދަތު ހަމަވުމުންނެވެ. 

މެލޭޝިޔާގެ ދުސްތޫރު ބުނާގޮތުގައި އެ ޤައުމުގެ ރަސްކަމަށް ބޭފުޅުން އިސްކުރެވޭނީ އެ ޤައުމުގެ ނުވަ ސްޓޭޓުގެ މެދުގައި ރަސްކަން ދައުރުވާ ގޮތަށް ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. 

މެލޭޝިޔާގެ ރަސްގެފާނުގެ ލަޤަބަކީ ސުލްޠާނެވެ. ދާރިސުން ވިދާޅުވާ ގޮތުގައި އައު ރަސްގެފާނަކީ ވަރަށް ޝަޚްޞިއްޔަތު ވަރުގަދަ ވަރަށް ބަސްފުޅު ޞަރީޙަ ބޭފުޅެކެވެ. މެލޭޝިޔާގެ ސިޔާސީ މަސްއަލަތަކުގައި އޭނާއަކީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. މީގެ އިތުރަށް އޭނާއަކީ ވަރަށް މުއްސަނދި މަހްޖަނެކެވެ. ޖޮހޯރު ސްޓޭޓްގައި ގެދޮރު ޢިމާރާތްކުރާ ފޮރެސްޓް ސިޓީ މަޝްރޫޢުގައި އޭނާއަކީ ޙިއްޞާދާރެކެވެ. މި މަޝްރޫޢަކީ 100 ބިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *