Support Us

އިސްރާއީލަށް މެސެޖު ލިބިއްޖެ ކަމަށް ހީކުރަން: ޙަމާސް

ޙަމާސުން އިއްޔެ ދިން ޙަމަލާއިން ތައްލުއަބީބަށާއި ވޮޝިންޓަނަށް މެސެޖެއް ލިބިއްޖެ ކަމަށް ހީކުރައްވާ ކަމަށް ޙަމާސްގެ އިސްވާރެއް ކަމުގައިވާ ސާމީ އަބޫ ޒުހްރީ ވިދާޅުވެއްޖެއެވެ.

ޙަމާސުން ޣައްޒާގައި އިސްރާއީލު ސިފައިންނަށް ދިން ކުއްލި ޙަމަލާގައި އިސްރާއީލު ސިފައިންގެ 21 މީހަކު ވަނީ މަރުވެފައެވެ.

ޒުހްރީ ރޭ ދެއްވި ބަޔާނުގައި އައިސްފައި ވެއެވެ. "މުޤާވަމާގެ ބާރު ދުވަހެއްދުވަހަކަށް ދަނީ ގަދަވަނުންނެވެ. ޙަމާސް ނައްތައިލުމަށް އިސްރާއީލުން ކުރާ މަސައްކަތަކީ ވަހްމެކެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެންގެ ރައްޔިތުންނަށް ޙައްޤުތަކެއް ލިބެންޖެހޭކަން ޤަބޫލުކުރަން ޖެހިއްޖެއެވެ.  ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށާއި ފަލަސްޠީނު މީހުންގެ ކުރިމަގު ކަނޑައެޅުމުގެ ޙައްޤު އެމީހުންނަށް ލިބިގެންވާކަން ޤަބޫލުކުރަން ޖެހޭ ވަގުތު އަތުވެއްޖެއެވެ."

ޙަމާސުގެ އެހެން އިސްވާރެއް ކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވިއެވެ. "ޢިސްރާއީލުގެ އޮފިސަރުންތަކަކާއި ސިފައިންތަކަކަށް ދެވުނު ޙަމަލާއިން އެނގެނީ ޣައްޒާގައި އަދިވެސް އޮތީމުޤާވަމާގެ ބާރުކަމެވެ."

އިސްރާއީލުން އިއްޔެ އެއްބަސްވި ގޮތުގައި އިސްރާއީލުގެ ޓޭންކަކަށާއި ގޮއްވައިލަން ތައްޔާރުކޮށްފައިވާ ފަލަސްޠީނު މީހުންގެ ދެ ގެއަކަށް ޙަމާސުގެ ފިދާއީންތަކެއް ދިން ކުއްލި ޙަމަލާގެ ސަބަބުން އިސްރާއީލުގެ 21 ރިޒަރވް ސިފައިން ވަނީ މަރުވެފައެވެ. އިސްރާއީލުން ވަނީ 17 މީހެއްގެ ނަން އިޢުލާންކޮށްފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ސިފަކުރި ގޮތުގައި ހޯމަ ދުވަހަކީ އިސްރާއިލަށް ވަރަށް ހިތާމަވެރި ދުވަހެކެވެ. އިސްރާއީލު ސިފައިން ވަނީ މި މަސްއަލަ ތަޙްޤީޤު ކުރަން ފަށައިފައެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *