މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް19 އަށް ރާއްޖެއިން މިއަދު 78 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި 32 ބިދޭސީންނެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 2540 އަށް ވަނީ އަރައިފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 3010 އޭގެ ތެރޭގައި މިއަދު އެ ބަލިން ރަނގަޅުވި 90 މީހުންވެސް ހިމެނެއެވެ. މިހާތަނަށް ކޮވިޑް ބަލީގައި 22 މީހަކު ވަނީ ނިޔާވެފައެވެ.



advertisment