Support Us

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަކީ ބާތިލް ދައުވާތަކެއް: އަބްދުއްރަހީމް

އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ބާތިލް ދައުވާތަކެއް ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮސިކުޓަރ ޖެނެރަލަކަށް ހުސައިން ޝަމީމް ހުންނަވައިގެން އެމްއެމްޕީއާރްސީއާ ގުޅިގެން އުފުލާފައިވާ ކޮންމެ ދައުވާއެއް ވާނީ ބާތިލް ދައުވާއެއް ކަމަށެވެ.

"ސަބަބަކީ އެމްއެމްޕީއާރްސީ މައްސަލާގައި އަދީބާއި ޒިޔަތުގެ ވަކީލަކީ ޝަމީމް. އެހެންވީމާ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ވަނީ ބާތިލް ދައުވާތަކަކަށް،" ޕީއެންސީގެ ރައީސް ވިދާޅުވިއެވެ.


މަނީ ލޯންޑްރިންގެ ކުށުގައި މިހާރުވެސް ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް އިތުރު ދަޢުވާތަކެއް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވަފާއެވެ. މި މައްސަލަތަކުގެ އަޑުއެހުން މި އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

މިިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *