ސަރުކާރުގެ ތެރޭގައި ނުފޫޒް ގަދަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މަސައްކަތްކުރައްވަމުން ގެންދަވާއިރު އެކަމުގައި އެންމެ އިސްކޮށް ހުންނެވީ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ މަޢުލޫމާތު ލިބިފައެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް މަޖުލީހަށް ހުށަހަޅާ ލިސްޓުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް ރައީސް ނަޝީދު ކަމަށް ވެއެވެ. އަދި އެ ލިސްޓަށް އެމް.ޑީ.ޕީ މެމްބަރުންގެ ސޮއި ހޯއްދެވުމަށް ލިސްޓް ހިއްޕަވައިގެން ހިންގަވަނީ ވެސް އެމަނިކުފާނެވެ.
ސަރުކާރުގެ ފެން ހިފަހައްޓާލުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އިގްތިސާދީ ވަޒީރު މަގާމުން ދުރުކުރުމަށް އެމް.ޑީ.ޕީގެ ޕީ.ޖީގެ ތެރެއިން އެއްބަޔަކު މަސައްކަތް ކުރައްވަމުން ގެންދަވާއިރު އޭނާ ދިފާއުކުރެއްވުމަށް ވެސް ސަރުކާރުގެ ތެރެއިން ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ އަޑުތަކެއް މިހާރު ވަނީ ފެތުރިފައެވެ.
މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު "އަދިވެސް" އަށް މިރޭ ވިދާޅުވީ ފައްޔާޒަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށާއި ވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓް ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
"އެ ކަހަލަ މައްސަލައެއް އުޅޭ ނަމަ އެކަން ފުރަތަމަ އަންނާނީ ވެސް އެމް.ޑީ.ޕީ ޕީ.ޖީ ގްރޫޕަށް. ޕީ.ޖީ ގްރޫޕުން ގޮތެއް ނިންމައިގެން ދެން އެހެން މަރުހަލާ އަކަށް ދާނީ. އެއީ އެމް.ޑީ.ޕީން ކަންކުރަމުން އަންނަ ގޮތަކީ،" ނިޔާޒު ވިދާޅުވި އެވެ. "ފައްޔާޒުގެ މައްސަލައެއް އަދި ނާދޭ އަދި ޕީޖީ ގްރޫޕާ ހަމައަކަށް. އަދި އެ ލިސްޓެއްގައި ސޮއިކުރަން ވެސް އަޅުގަނޑުމެންނާ ހަމައަކަށް ނާދޭ."
Minister @faya_i is capable, honest ,n hardworking.He has integrity. I have full confidence in him . President @ibusolih
— Ibrahim Shareef (@AdduShareef) August 12, 2020
މި މައްސަލާގައި ރައީސް ސޯލިހަށް ވަފާތެރި އެމް.ޑީ.ޕީ މެންބަރުން ފައްޔާޒަށް ތާއީދު އޮތް ކަމަށް ޓްވިޓާ މެދުވެރިކޮށް ގެންދަވަނީ ހާމަކުރައްވަމުނެވެ. އެގޮތުން މިހާތަނަށް ޓްވީޓް ކުރެއްވި ބައެއް މެންބަރުން ކަމަށްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި މައްޗަންގޮޅި ދެކުނުދާއިރާގެ މެންބަރު ހައިތަމް އަހުމަދާއި މަރަދޫފޭދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފު ފަދަ ބޭފުޅުން ވަނީ އިގްތިސާދީ ވަޒީރަށް ތާއިދު އޮތްކަން ހާމަކުރައްވައިފައެވެ.
Minister @faya_i akee mi sarukaaruge enme heevaagi eh vazeeru.
Alhugandu FURIHAMA ITHUBAARU Faya ah eba oi.— ???????? ???????????????????????????? ???????????????? ???? (@Roxeyna) August 12, 2020
މީގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހިވާގި މިނިސްޓަރު ކަމަށާއި އޭނާގެ ފުރިހަމަ ތާއީދު ފައްޔާޒަށް އޮތް ކަމަށެވެ.
މި މައްސަލާގައި ނަންނުޖެހުމަށް ޝަރުތުކޮށް، ވާހަކަ ދެއްކެވި މަޖިލިސް މެންބަރަކު ވިދާޅުވީ މިކަމުގައި ގަދަވާ ފަޅިއެއް މިފަހަރު ވޯޓު ނަގައިފިނަމަ އެނގިގެންދާނެ ކަމަށާއި މި ކަމުގައި ރައީސް ސޯލިހްގެ ފެކްޝަނުންވެސް އެއްވެސް ދުލެއް ދިނުމެއް ނެތް ކަމަށެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހެޅުމަށް ބޭނުންވަނީ 14 މެންބަރެއްގެ ސޮއެވެ. އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލިހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.
މަޖިލީހުގެ ޖުމްލަ 87 މެންބަރުން ތިއްބަވާއިރު އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.
މި މައްސަލާގައި އިދިކޮޅު މެމްބަރުން އަދި ތިއްބެވީ ހައްޕުކިޔައިގެންނެވެ.



advertisment
One Response
Faction kiyaaka neyge ekamaku mdp meehun adhi maguthaka nukume mi sarukaaraa dhekolha muzaharaa ves kuraane…bunaane aharumen Amilla party viyas gooheeya rayithunge ha’quga nukunnaanamey thibebala balan