Support Us

މި ޒަމާނުގެ ޔަހޫދީންނަކަށް ފަަލަސްތީނު ބިމުގެ ހައްގެއް ނެތެވެ!

ފަލަސްޠީނުގެ ބިމަކީ، އެތާނގައި ދިރިއުޅުނު މީހުންގެ ބިމެވެ. ބިން މިލްކުވެވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ރައްބު މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. ބިން ވާރުތަވާހުށީ އެކަލާނގެ ޚަލްޤުތަކުންގެ ތެރެއިން ޞާލިޙު އަޅުތަކުންނަށެވެ.

ފަލަސްޠީނުގައި އިބްރާހީމްގެފާނާއި އަނބިކަނބަލުން ސާރާ ކަމަނާފާނު ދިރިއުޅުއްވިއެވެ. އިސްހާގުގެފާނު, ޔައުޤޫބުގެފާނު, ޔޫސުފްގެފާނު އުފަންވެވަޑައިގެންނެވި ބިމެވެ.

އެންމެ މަތިވެރި ނަބީ ރަސްކަން ދާއޫދުގެފާނާއި ސުލައިމާނުގެފާނު ކުރެެއްވެވީ ޤުދުސްގައެވެ!!

މޫސާގެފާނު އަރިހުގައި ބަނީއިސްރާއީލުން މިސުރުން ފޭބުމަށްފަހު "ވައުދުކުރެވުނު ބިން" ފަލަސްތީނަށް ނުވަދެވުނީ އެބައިމީހުން ކިޔަމަންވެ ސަޖިދަ ނުކުރުމުންނެވެ. މޫސާގެފާނުގެ ޚަލީފާ ޔޫޝައުގެފާނުންގެ ވެރިކަމުގައި ބަނީއިސްރާއީލުން ފަލަސްތީނަށް ވަނެވެ!

ބަނީއިސްރާއީލުންގެ ރަސްގެފާނު ޠާލޫތުގެފާނާއި، ފަލަސްތީނުގެ ރަސްގެފާނު ޖާލޫތާ ދެމެދު ކުރި ހަނގުރާމައިގައި ދާއޫދުގެފާނުންގެ ހަމަލައިން ޖާލޫތު މަރުވެ، ބަނީއިސްރާއީލުންނަށް ކާމިޔާބު ލިބި، ފަލަސްތީނުގައި ބަނީއިސްރާއީލުގެ ރަސްކަން ގާއިމުވިއެވެ!

ބަނީއިސްރާއީލުންނަށް ޤުދުސް ފަތަޙަވީ ދާއޫދުގެފާނުންގެ ނަބީ ރަސްކަމުގައެވެ. ޤުދުސްގައި އެންމެ މަތިވެރި ނަބީ ރަސްކަން ދާއޫދުގެފާނާއި ސުލައިމާނުގެފާނު ކުރެއްވިއެވެ.

އެފަދަ ރަސްކަމެއް އެއިގެ ކުރިންވެސް ނެތް އަދި އެއިގެ ފަހުންވެސް ނާންނާނެ ފަދަ ނަބީ ރަސްކަން އެންމެ އައުދާނަ ފުރަމާނަ އާރާއިބާރު ހުރި ރަސްކަމެވެ!!

ޒަކަރިއްޔާގެފާނާއި، ޢާލަމްތަކަށް މާތްކުރެއްވި ކަމަނާފާނު މަރްޔަމްގެފާނު، ބައިތުލްމަޤުދިސްގައި އަޅުކަންކުރެއްވިއެވެ.

ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވެވި ކައުސާހިބު މުހައްމަދު ރަސޫލުﷲ ﷺ ފުރައިތުރު މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރާމްއިން އެތާނގެ ވަށައިގެން ބަރަކާތްލެއްވިގެންވާ ޤުދުސްގެ މުޤައްދަސް މަސްޖިދުލްއަޤްޞާއަށް ކުރެއްވެވި އިސްރާގެ މާތް ދަތުރުފުޅެވެ. މަސްޖިދުލްއަޤްޞާއިން މަތިވެރިވެގެންވާ ޢާލަމްތަކަށް ކުރެެއްވެވި އެންމެ މަތިވެރި މިޢުރާޖުގެ ދަތުރުފުޅެވެ.

މި އުންމަތުގެ އިސްލާމީ ދައުލަތަށް ފަލަސްތީނު ފަތަޙަވީ މީގެ 1400 އަހަރު ކުރިން އަމީރުލްމުޢުމިނީން ޢުމަރުލްފާރޫޤު ރޟޢގެ ޚަލީފާ ކަމުގައެވެ!

މި ޒަމާނުގެ ޔަހޫދީންނަކަށް ފަަލަސްތީނު ބިމުގެ ހައްގެއް ނެތެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *