މުދާ ހިފައިގެން ލ. އަތޮޅު ގަމާ ދިމާލުން ދަތުރުކުރި ދޯންޏެއްގައި ރޯވެގެން އަޑިއަށް ގޮސް، އޭގެ ބިދޭސީ ފަޅުވެރިއެއް ކަނޑަށް ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު މެންދުރުފަހު ހިނގި މި ހާދިސާގައި، ލ. ގަމު ތުނޑިއާ ދިމާލުން ބޭރުގައި އޮއްވައި "ވިންދު" ނަކަމަށް ކިޔާ މި ދޯނީގައި ރޯވި ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ދޯނީގައި ދަތުރުކުރީ ދިވެއްސަކާއި ނުވަ ބިދޭސީން ކަމަށް ވެސް، ދޯނީގެ ކެޕްޓަނާ ހަވާލީ އެމް.އެން.ޑީ.އެފުން ބުނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއީ އެޕޯލޯ ކުންފުނީގެ މުދާ އުފުލާ ދޯންޏެކެވެ.
އެމް.އެން.ޑީ.އެފުން ބުނީ މި ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށާއި ދޯނި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ގެއްލުނު މީހާ ފިޔަވައި އެހެން މީހުން ސަލާމަތުން އެބަތިބި ކަމަށެވެ.



advertisment