Support Us

ތިލަފުށީގައި މޮޓޯރ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ޔޫތް މިނިސްޓްރީ އަށް

ތިލަފުށީގައި މޮޓޯރ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސައި އަރބަންކޯއާއި ޔޫތް މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތިލަފުށީގެ ފޭސް ދޭއްގައި މޮޓޯރ ސްޕޯޓްސް އެރީނާ ތަރައްގީ ކުރެވިގެންދާނީ 10 ހެކްޓަރުގެ ބިމެއްގައި ކަމަށް އަރބަންކޯ އިން ބުނެއެވެ.

މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން، ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަހްމަދެވެ. މި ރަސްމިއްޔާތުގައި ރޭސިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިހް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފްލާފައި ވާހަކަ ދައްކަވަމުން އާތިފު ވިދާޅުވީ މިހާރު ހުޅުމާލޭގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ޓްރެކެއްގައި ރޭސް ކުރެވޭނެ ފުރުސަތު ޒުވާނުންނަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރޭސިން އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ އެ ތަނުގައި ހަމަ އެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯރ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެ ކަމަށެވެ.

"މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯރ ސްޕޯޓްސް އަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ." އަރބަންކޯ އިން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *