ކާކުތޯ ކާކަށް އޮތީ އިތުބާރު ދުނިޔޭ އުޅުމުގައި
ތާކުގައި ނުހިގާ ފަސާދެއް ފިތުނައެއް ނެތް ދޭހުގައި
ރާޅު ބަނޑުދަށުގައި ސިޔާސީ ވެއްޖެނަމަަ ސޮހޮލެއް ވިޔަސް
ފާޅުގައި ނާޖާއިޒަށް އަތްގަދަކުރޭމެޔެ ގައުމުގައި
ޒާތުގައި އާދަވެ ދުލުން ބަސްހުތުރު ބުނެލައި އިއްވުމާ
ގާތުގައިވާ މިތުރު ތަށްޓަށް ޒަހަރުލާނެޔެ ސިއްރުގައި
ދެން އަރާ ހައްދަށް، ފަޟީހަތްވާއިރަށް ތެޅިފޮޅި އެކަން
އެންމެ ގާތް އެކުވެރިއަކާ މަތިކޮށްހަދާނެޔެ ގަސްތުގައި
ނަންވިދާލާތޯ ނުބައި ބާޠިލް އެތައް ހައިޖާނުގައި
ކަންވިޔަސް މެކި، ކަށަވަރޭ! ހުރަގޭގެ ގޮޅި ގާނޫނުގައި
ގައުމުގައި އުފެދޭ މިފަދަ ފަނިތައް ބަލައިގަތުމީ ތެދޭ
ގައުމަކަށްދޭ ގެއްލުމެއް، ވަރުގަދަ ހަލާކެއް އެނގުމުގައި
