Support Us

ނައިފަރުގެ ބައެއް ގޭގެއިން ފެންގަނޑު ހިންދުމުގެ މަސައްކަތް އެމް.އެން.ޑީއެފުން ކުރަނީ. -ފޮޓޯ: އެމް.އެން.ޑީ.އެފް

ބޯކޮށް ވާރޭވެހި ހިންނަވަރު، ނައިފަރު، ކުރެންދޫގެ ގޭގެއަށް ފެންގަނޑު ވަދެއްޖެ

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޅ. ހިންނަވަރާއި ނައިފަރަށާއި ކުރެންދޫގެ ބައެއް ގޭގެއަށް ފެންގަނޑު ވަދެއްޖެ އެވެ.

އެމް.އެން.ޑީ.އެފުން ބުނީ މިއަދު ހަވީރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިންނަވަރުގެ ތިން ގެއަކަށް، ކުރެންދޫގެ ހަ ގެއަކަށް އަދި ނައިފަރުގެ ހަތަރު ގެއަކަށް ފެންގަނޑު ވަނުމުން، ޕަމްޕު ޖަހައިގެން ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރަމުން ގެންދާ ކަމަށެވެ.

އެމް.އެން.ޑީ.އެފުގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.

ނައިފަރުގެ ބައެއް ގޭގެއިން ފެންގަނޑު ހިންދުމުގެ މަސައްކަތް އެމް.އެން.ޑީއެފުން ކުރަނީ. -ފޮޓޯ: އެމް.އެން.ޑީ.އެފް

އެމް.އެން.ޑީ އެފުން މީޑިއާ އަށް ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުގައި، ބައެެއް ގޭގޭގެ އެތެެރެއަށް ވެސް ވަރަށް ބޮޑަށް ފެންގަނޑު ވަދެފައި ވެ އެވެ.

ކުރެންދޫގެ ގެއަކަށް ފެންގަނޑު ވަދެފައި -ފޮޓޯ: އެމް.އެން.ޑީ.އެފް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *