ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޅ. ހިންނަވަރާއި ނައިފަރަށާއި ކުރެންދޫގެ ބައެއް ގޭގެއަށް ފެންގަނޑު ވަދެއްޖެ އެވެ.
އެމް.އެން.ޑީ.އެފުން ބުނީ މިއަދު ހަވީރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިންނަވަރުގެ ތިން ގެއަކަށް، ކުރެންދޫގެ ހަ ގެއަކަށް އަދި ނައިފަރުގެ ހަތަރު ގެއަކަށް ފެންގަނޑު ވަނުމުން، ޕަމްޕު ޖަހައިގެން ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރަމުން ގެންދާ ކަމަށެވެ.
އެމް.އެން.ޑީ.އެފުގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.

އެމް.އެން.ޑީ އެފުން މީޑިއާ އަށް ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުގައި، ބައެެއް ގޭގޭގެ އެތެެރެއަށް ވެސް ވަރަށް ބޮޑަށް ފެންގަނޑު ވަދެފައި ވެ އެވެ.




advertisment