Support Us

ރިޔާސީ ކެންޕޭނުކުރާ ފަރާތްތަކަށް ހެޔޮއެދިގެން

ވެރިކަމަށް ކެންޕޭނުކުރިއަސް އަބުރުވެރި ގޮތުގައި ކުރާތި
"ގެރިބަކަރި ނޫންކަން ތިމާމެން" މުސްލިމުންކަން ވިސްނަވާތި

ހެޔޮވި މާތް ރަމަޟާންމަހޭ، ކެންޕޭނު ކުރުމަށް ތިޔަފެށީ
ހެޔޮނުވާނޭ އެކަކު އަނެކަކު ފިތުނަ ނުވެ ވޭތޯ ބަލާތި

ވެރިކަމާ، ތަޚްތާއި، ތާޖާ، ދެއްވަނީ ﷲ ކަން،
ވެރިކަމަށް ދަހިވެތިވިޔަސް މިހަނދާންހިތުން ފިލުވައިނުލާތި

ބޭނުމެއް އޮވެގެންވިޔަސް މަކަރާ، ދޮގާ، އަދި ޙީލަތުން،
ނޭނގުމެއްގެ ތެރެއިން ބަޔަކު، ވާ ވެއްދުމަށް ނޫޅުއްވަވާތި

ކަންކަމަށް އެކަށޭނަ ނޫން، އެތަކެއް ވަަޢްދުކޮށް ދޮގުހަދައި،
ކަންކަމުގެ ދަޅަ، ރައްޔިތުންނަށް ދައްކަމުން އޮޅުވާ ނުލާތި

އެކަކު އަނެކަކު ޢިއްޒަތުއްނަފުސާއި އަބުރާ، ކަތިނުލައި،
އެކަކު އަނެކަކު ޤަދަރުކޮށް މަދަދާ އެހީ، ދީވެސް ހަދާތި

ކުށް ނުކޮށް އުޅެވޭނެއިންސާނެއް މިދުނިޔޭގައި ނުވާނެ،
ކުށްތަކަށްވެސް އެކަކު އަނެކަކު މާފުކޮށް މި ޢަފޫ ކުރާތި

"ކޮންމެ މުސްލިމަކީ އަނެއް މުސްލިމްގެ އަޚަކަށް ވީހިނދުން"
އޮންނަ ރަޙުމާ ކުލުނު ނުކެނޑޭނޭ ގޮތެއް ވޭތޯ ބަލާތި

އެކަކު އަނެކަކު ހީ ސަމާސާކޮށް އަތާ އަތް ޖޯޑުކޮށް،
އެކަކުވެސް އަނެކެއްގެ އަބުރާ ނުބެހި ވޭތޯވެސް ބަލާތި

ވަޢްދުކޮށް ފުއްދާނުދޭނަމަ ދޮގުވެރިންކަމުގައި ވެދާނެ
ވަޢްދު ކުރެވޭއިރު އެއީ ފުއްދޭނެ ވަޢްދެއްތޯ ބަލާތި

މާކުރީގައި ރައްޔިތުންނަށް ދޮގުހަދާފައި ވާނެ ނަމަ،
މާފުއެދިގެން ރައްޔިތުން ކިބައިން އަލުން ބޭނުމު ކިޔާތި

އެކަކުވެސް އަނެކެއްގެ އުނިސިފަތައް ގޮވައި ބޭޒާރުކޮށް،
އެކަކުވެސް އަނެކެއްގެ އަބުރާ ޤަދަރު، ވެއްޔާ މޮޑެނުލާތި

އުއްމަތާ ދީނާއި، ޤައުމާ، އެއްބައެއްކަން ހަނދުމަކޮށް،
އުއްމަތުގެ ޙައްގަށްޓަކާވެސް ޞުލްޙަވެރިކަން އިސްކުރާތި

ޢަދުލުވެރި ހެޔޮ އިންތިޚާބެއް ނިމި، ނަތީޖާ ދެއްކުމުން،
ޢަދުލުވެރި ގޮތުގައި ބަލިވިނަމަ، ބަލި ޤަބޫލު ކުރަން ބަލާތި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *