މިިތަނުގައި ހަރުފައެއް އޮތްކަން ހަސަނަކަށް ނޭނގެއެވެ. އަދި މި ހަރުފަ އަހަރެންގެ އަތަށް ވިހަލާ ކަމެއް ވެސް ހަސަނަކަށް ނޭނގެއެވެ.
ހަސަނުގެ ގުދާރު ފުނޑުފުނޑު ކޮށްލާވަރުގެ ބޮޑު ހިލައެއް ބުރަކަށިމަތީގައި އޮތްކަމެއް ފާތުން އަކަށް ނޭނގެއެވެ. ހަސަނަށް އޮތީ ނޭވާނުލެވިފައި ކަމެއް ފާތުންއަކަށް ނޭނގެއެވެ.
ފާތުން ހިތަށް އަރައެވެ: އަހަރެން ވެއްޓެނީއެވެ! ހަރުފަ ދަތްއަޅާނެތީ އަހަންނަކަށް މައްޗަކަށް ނޭރޭނެއެވެ. ހަސަނު އިތުރަށް ހިތްވަރެއް ލައިގެން އަހަރެން މައްޗަށް އަރުވަން މަސައްކަތް ނުކޮށްދެވެންވީ ކީއްވެގެންހެއްޔެވެ؟
ހަސަނު ހިތަށް އަރައެވެ: އަހަރެން ބުރަކަށީގައި ހާދަ ވޭނެއް އެބަ އަޅައެވެ. އެކަމަކުވެސް ފާތުން ވެއްޓުނަނުދީ މައްޗަށް ނަގަނަށް އަހަރެން ހާދަ ބާރެއް އެބަލަމެވެ. މައްޗަށް އަރަން ފާތުން އިތުރު ހިއްވަރެއްލައި މަސައްކަތްކޮށްބަލާށެވެ.
އިބްރަތް: އަނެކާއަށް ކުރިމަތިވެފައިވާ ޕްރެޝަރެއް ތިބާއަކަށް އިހުސާސެއް ނުކުރެވޭނެއެވެ. އަދި ތިބާ އަޅަމުންދާ ވޭން އަނެކާއަކަށް ނުފެންނާނެއެވެ. ދިރިއުޅުމަކީ މިއީއެވެ. ގެއާއި އާއިލީ އަދި މަސައްކަތު މާހައުލާއި ރައްޓެހިންގެ މެދުގައި ވިޔަސް، އަހަރެމެން އެކަކު އަނެކެއްގެ އިހުސާސްތަކާމެދު ވިސްނާށެވެ. އަނެކުންގެ އިހުސާސްތަކާމެދު ދެކޭ ގޮތް ބަދަލުކުރާށެވެ. ވާހަކަ ދައްކާށެވެ. ހިއްސާކުރާށެވެ. ވިސްނާލާށެވެ. ކެއްތެރިކަން އިސްކުރާށެވެ. ފެންނަ މަންޒަރު ތަފާތުވާނެއެވެ.



advertisment