Support Us

އަހަރެން މަރުވުމަކުން ނޫނެވެ.

އަހަރެން މަރުވީމާ ތިބާ ކަރުނައަޅައި ރޯނެތެވެ.

އެކަމަކު އޭރުން އަހަންނަކަށް ނޭނގޭނެއެވެ.

އޭގެ ބަދަލުގައި މިހާރު އަހަންނާއެކު ރޮއިލާން އަންނާށެވެ.

 

އަހަރެން މަރުވީމާ ތިބާ ތައުރީފުގެ ބަސްތައް ބުނާނެތެވެ.

އެކަމަކު އޭރުން އަހަންނަކަށް އަޑެއް ނީވޭނެއެވެ.

އޭގެ ބަދަލުގައި މިހާރު އަހަންނަށް ތައުރީފުކޮށް ހިތްވަރުދޭށެވެ.

 

އަހަރެން މަރުވީމާ ތިބާ އަހަރެންގެ ކުށްތައް ހަނދާން ނައްތާލާނެއެވެ.

އެކަމަކު އޭރުން އަހަންނަކަށް ނޭނގޭނެއެވެ.

އޭގެ ބަދަލުގައި މިހާރު އެ ކުށްތަކުގެ މަތިން ތިބާ ހަނދާން ނައްތާލަދޭށެވެ.

އަހަރެން މަރުވީމާ ތިބާ އަހަރެން މިސްވެގެން އުޅޭނެތެވެ.

އެކަމަކު އޭރުން އަހަންނަކަށް އެކަމެއް އިހުސާސެއް ނުކުރެވޭނެއެވެ.

އޭގެ ބަދަލުގައި އަހަރެން މިސްވެގެން މިހާރު އުޅެބަލާށެވެ.

އަހަރެން މަރުވީމާ ތިބާ ބުނާނެތެވެ.

ދެ މީހުން އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރެވުނު ނަމައެވެ.

އެކަމަކު އޭރުން އަހަންނަކަށް އިހުސާސެއް ނުކުރެވޭނެއެވެ.

އޭގެ ބަދަލުގައި މިހާރު ގިނަ ވަގުތުތައް ހޭދަކުރަން އަންނާށެވެ.

އަހަރެން މަރުމުން މޫނު ދެކެން ސަހަރާއަށް ދާން ތިބާ އަވަސްވެގަންނާނެތެވެ.

އެކަމަކު އަހަރުމެން ދިމާނުވާތާ، އަދި ވާހަކަ ނުދައްކާތާ ވެސް ކިހާ ދުވަހެއް ވެއްޖެހެއްޔެވެ؟

އަހަރެންނާ ބައްދަލުކުރަން ތިބާ އަންނަވީ މިހާރު އެވެ.

 

  • ސިންގަޕޫރުގެ ލީ ޒޫ ފެންގްގެ ޅެމެއްގެ ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *