Support Us

މާސްކް ނާޅާ އުޅުމުން ކުރި ޖޫރިމަނާ އަށް 73،000ރ.

ކޮވިޑް19 އާ ގުޅިގެން ބޭރުތެރޭގައި މާސްކް އަޅަައިގެން އުޅުމަށް އަންގާފައިވާ އެންގުމާ ހިލާފުވެގެން ކުރި ޖޫރިމަނާ އަށް ލިބޭ ފައިސާގެ އަދަދު 73،000ރ. އަށް އަރައިފި އެވެ.

ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެެ ސްޕޯކްސް ޕާސަން ޑރ. ފާތުމަތު ނަޒުލާ ރަފީގު ވިދާޅުވީ މާސްކް ނާޅައި އުޅުނު 127 މީހަކަށް އިއްޔެ ވެސް ފުލުހުން ނެސޭހަތްދީ، 52 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ބޭރުތަރޭގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކުރި ފަހުން، އެ އެންގުމާ ހިލާފްވި 645 މީީހަކަށް ފުލުހުން ނަސޭހަތްދީ ދޫކޮށްލާފައިވާއިރު 73 މީހަކު 1000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މާސްކް އެޅުން މަޖުބޫރުކޮށް ޖޫރިމަނާ ކުރަން ފެށީ ކޮވިޑާ19 ގުޅިގެން ދެމަސް ދުވަހުގެ ލޮކްޑައުންއެއްގައި މުޅިރާއްޖެ އޮތުމަށްފަހު، ދޭން ފެށި ލުއިތަކާ އެކު މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން ދިއުމާ ގުޅިގެންނެވެ.

މާސްކް އެޅުމާ ބެހޭ ގޮތުން އެޗްޕީއޭއިން ނެރެފައިވާ ސާކިއުލާގައިވާ ގޮތުން މާލެ ސަރަހައްދުގެ ބޭރުތެރޭގައި އުޅޭނަމަ އަނގަޔާއި ނޭފަތާއި ދަތްދޮޅި ހިމެނޭ ގޮތަށް ނިވާކުރަންޖެހެ އެވެ. އެކަމުން އިސްތިސްނާވާނީ ހަމައެކަނި ދެއަހަރުން ދަަށުގެ ކުޑަކުދިންނާއި ކަސްރަތުކުރަން ތިބޭ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި ނަގާ ނުހެދޭ ހާލުގައި ތިބޭ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. ނަމަވެސް އަންދާޒާާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު އެކަނި ވެސް 215 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *