Support Us

މިއަދުވެސް 129 ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ރާއްޖޭގައި މިއަދުވެސް 129 މީހުން ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވި ދެ މީހެއް ހިމެނެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 129 މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި 23 ބަންގްލަދޭޭޝް މީހުންނާއި އަށް އިންޑިއާ މީހުންނާއި ހަަތަރު ސްރީލަންކާ މީހުންގެ އިތުރުން އިންޑޮނޭޝިއާގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެގޮތުން އަންދާޒާާ ކުރި އަދަދަށްވުރެ ގިނައިން އިއްޔެ އެކަނި ވެސް 215 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4293 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1490 އެބައުޅެ އެވެ.

ކޮވިޑް19 ޖެހިގެން މިހާތަނަށް 2670 މީހުން ރަނގަޅު ވެފައިވާއިރު 92 މީހަކަށް ހޮސްޕިޓަަލްތަކުގައި ގެންދަަނީ ފަރުވާދެމުންނެވެ. މި ބަލީގައި މިހާތަނަށް 18 މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *