މުނާފިޤުންގެ ބޭރުގެ ފުށުގެ ސޫރައަށް ނުހެއްލޭށެވެ.
އެމީހުން ބޮނީ ބަރަކާތްތެރި ޒަމްޒަމްފެނެވެ.
އެކަމަކު އެމީހުން ފެންވަރަނީ ގަންގާ ކޯރުންނެވެ.
އެމީހުންގެ ކެހިވެރި ވާހަކަތައް މާމުޔަށްވުރެ ފޮނިވާނެއެވެ.
އެމީހުން މަކަރުވެރިކަމާއެކު ހިނިތުންވެ ސަލާމްކުރާނެއެވެ.
އެކަމަކު އެމީހުންގެ ދޫ ހަރުފައެއްގެ ދުލަށްވުރެ ވިހަވާނެއެވެ.
އެމީހުންގެ ހިތުގައިވަނީ ނަފުރަތާއި ބަދަލުހިފުމުގެ ރޫހެވެ.
އެމީހުން އެއްވެސް ވަޢުދަކަށް އިޙުތިރާމެއް ނުކުރާނެއެވެ.
އެކަމަކު ބޭރުފުށުން ތިބޭނީ ޞަލާޙުއްދީނުލް އައްޔޫބީ ހެދިފައެވެ.
އެމީހުންގެ އުފަލަކީ އަމާނާތަށް ޚިޔާނާތްތެރިވުމެވެ.
އެމީހުން ބިން ފަސާދަކުރުމަށް ދޮގު ހުވާކުރާނެއެވެ.
އެކަމަކު ފަސްބައި ޔޫސުފުގެފާނުހާ ސާފުކަމަށް ދަޢުވާކުރާނެއެވެ.
އެމީހުންގެ ހިތްހަމަޖެހުމަކީ މީހުންނަށް އަނިޔާކުރުމެވެ.
އެމީހުން ފިލާތިބެގެން މީހުންގެ އަބުރު ކަތިލާނެއެވެ.
އެކަމަކު އަނިޔާލިބޭ މީހުން ކުރިމަތީ ކިނބޫ ކަރުނަ ބާލާނެއެވެ.
އެމީހުންގެ މެހެފިލްތަކުގައި އޮތީ މަސްތުވުމާއި ފާޙިޝް ޢަމަލުތަކެވެ.
އެމީހުން ފާފަކުރުމުގައި އެކަކު އަނެކަކާ ވާދަކުރާނެއެވެ.
އެކަމަކު މަރިޔަމްގެފާނަށް ވުރެ މަޢުސޫމްކަމަށް ދަޢުވާކުރާނެއެވެ.
އެމީހުންގެ ދަރަޖަ ބުއްދިއެއްނުވާ ޙައިވާނުންނެކޭ އެއްފަދައެވެ.
އެމީހުން ސަޖިދަކުރަނީ އެމީހުންގެ ތެރޭގައިވާ ޝައިޠާނުންނަށެވެ.
އެކަމަކު ޙިކުމަތްތެރިކަން ލުޤުމާން ޙަކީމަށްވުރެ ބޮޑުކަމަށް ބުނެއެވެ.
އެމީހުންގެ ހިތުގައި މުޙައްމަދު ﷺ އަށް އެއްވެސް ކުލުނެއް ނެތެވެ.
އެމީހުން ލާއިލާހަ އިއްލަﷲ ކިޔަނީ ހަމައެކަނި ދުލުކުރިންނެވެ.
އެކަމަކު ދީނީ ލޯބީގައި ޖާނުންފިދާވާން އެމީހުން ތިބެނީ ތައްޔާރަށެވެ.
އެމީހުންގެ ވަށައިގެން ޠަވާފުކުރަނީ ލާދީނީ ޝައިޠާނުންނެވެ.
އެމީހުން ބޭނުންވަނީ އިސްލާމްދީން މި ފަސްގަނޑުން ފޮހެލުމަށެވެ.
އެކަމަކު ދީނުގެ ދިފާޢުގައި ޚާލިދު ބިން ވަލީދަށްވުރެ އެމީހުން ތިބީ ކުރީގައެވެ.