ތަދުބީރުކުރިޔަސް މާ މޮޅަށް ކަންކަން ވެދާނޭ ފޮރުވިފާ
ތަގުދީރު ދައްކާ ޓެލެވިޜަން ޖެހިދޭ ބަލަން ގޮތް ހުސްވެފާ
އިންސާނުނަށް ހެޔޮގޮތް އެކަނި ދުނިޔޭގެ ދިރިއުޅުމަކު ނުވޭ
އިންވެވި އުދާހާ ފިނިކަމާ ފެންނަ ނެތަސްވޭ އެކުވެފާ
މިސްރާބުކުރި ކަންޏާ ރިޔާ ލީމާނިރާ ފަޅި މިނެޓަކުން
މިސްރާބު އޮޅި މާ ކަނޑުތެރޭ ބެހެޔޭ އޮޔާ ބިރުހީވެފާ
އުއްމީދުތައް ފުޑުފުޑުވުމުން ކެކުޅުން ހިތަށް ލިބި ކަޅިވެފައި
ހުއްޓާ ރިހޭ ފައިމައްޗަށޭ ފޮއި ވެއްޓެނީ މާޔޫސްވެފާ
ނުރަނގަޅު ކަމެއްނަމަ ފަހަތުގައިވާ ހެޔޮ ފަހުން ލޯމަތިވުމުން
ކުރަމުން އެއައި ބޭކާރު ފިކުރާ ވަކިވެދޭ ހިނިތުންވެފާ
އުފުލާ ތުރާލާ ވޭނުގައި ތަގްވާގެ މާތް ފޭރާމުގައި
ނުފުށުން އަތުގެ ފޮހެލާ ކަރުނަ، މާ ފޮނިވެދޭ ކެތްތެރިވެފާ
ލައުހުގެ ފިލާގައިވާ ކަމެއް ފުހެވޭނެތޯ ގެންނަން ބަދަލު
ކައުނުގެ ހިނގުންވޭ މާ މޮޅަށް އަދި މާ ކުރީން ނިމި ލިޔެވިފާ
