Support Us

ކީއްވެގެންތޯ..؟

ކީއްވެގެންތޯ ރައްޔިތުންގެ މަތިން ހަނދާން ނައްތާލަނީ؟
ކީއްވެގެންތޯ ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލަނީ؟

ރައްޔިތުން ދިން ވޯޓަކުން ނޫންތޯއެ ސަރުކާރެއް އައީ،
ރައްޔިތުން ޙައްގަށްޓަކާ ނޫންތޯ ހުވާ ކޮށްފައި ވަނީ؟

ބާރު ލިބުމުން މުށުތެރޭގައި ރައްޔިތުން "ފިއްތާލަމުން"
ފާޑުފާޑަށް ދޮގުހަދައިގެން ރައްޔިތުން ވާވައްދަނީ؟

ހީވަނީހޭ "ނިދިފައޭ އަދު ރައްޔިތުން މިތިބީ މިތާ"
ކީއްވެހޭ ހަދަމުން ތި ގެންދާހާ ދޮގެއް ބޭޒާރު މިވަނީ؟

އެންމެ ޙީލަތްތެރި ކަމާއެކު ނޫސްވެރިންނަށް ދޭޚަބަރު،
އެންމެބޮޑު މަޖިލީހުނޭ ބަލަ! ދޮގުކަމަށް އިިޢުލާނު ކުރަނީ؟

ވިއްކަމުން "ޓީ ބިލުތަކާ" އަދި ރަހުނުކޮށް، މޯގޭޖުކުރުމާ،
ވިއްކަމުންގޮސް ރައްޔިތުން ދަރިދަރިކޮޅަށް ދަރުވާލަނީ؟

އިިޤްތިޞާދީ މާހިރުން މުޅި ދުނިޔެއިން އިންޒާރު ދޭއިރު،
ދުނިޔެއަށްވެސް ގޮންޖަހާފައި ރައްޔިތުންނަށް ފޮރުވަނީ؟

ދައުލަތުގެ ރިޒާވުގައި ހުރި ލާރިކޮޅު ގޮސް ހުސްވުމުން،
ދައުލަތުގެ ޝަރަފާ ޤަދަރު، އަޅުވެތިކަމަށް ވިއްކާލަނީ؟

އެފަދަ މަކަރާ ދޮގުހަދައިގެން ރައްޔިތުން ގަނަ ތަޅުވަމުން،
ދެވަނަ ފަހަރަށް ރައްޔިތުން ކުރިމައްޗަށޭ ތި ނުކުންނަނީ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *