އޭނާގެ ހާލަށް ވިސްނުނީ އަހަރެންގެ ހާލަށް ހީވެފާ
ވޭނާއި އުފަލާ ވެސް އެކީ އެކުއުޅުނު ދުނިޔެ ހަނދާން ވެފާ
ފީކޮއިކުޅެން އަޑިއުސްތަކުން ބޮނދަމުން އެކީމަސްހުނީވަމުން
ހީކޮށްލުމުން އުޅެވުނު ޒަމާން ވިންދެއްޖަހާލި ހިމޭން ވެފާ
ހައިބަނޑުކަމާ ރޯދީގެ އައި ބަރަކާތުގައި ޅިސްޖެހިލުމާ
އައިބެއް ވިޔަސް ނޯންނާނެކަން ވިސްނުނު ހިނދުން ފަރުދާވެފާ
އެކުވެރިކަމުގެ ގަދަ ހިލިހިލާ ވަކިވަކިވެދާން އައި ދައުރުގާ
ދެކުދިންގެ ކުނޑިކޭ ތަށިމަތިން ޒިކުރާވެ ލޯ ބަންޑުން ވެފާ
ސިނގުކަމުގެ ރުޅިގަނޑުގައި ބަލަން ހުރެގެން ދުރަށް ފުރަގަސްދެމުން
ނިގުލުން ބޮލަށް ކުރި ދަތުރުގައި ބެހިދާނެއޭ އޮޑި ހީވެފާ
އައްޔާ އަނދިރިއަށް ފޫގަޅާ ދެރައާ މޮޅަށް ރަތް ލޯއަޅާ
ބައްޔަށް ހިފަން ގަދަ އަދުވުމުން ދޫދޭން ވަނީ އެއްބަސް ވެފާ
އަހަރެންގެ ވެސް ބޯ ތިރިކުރަން ޒަހަރެއް ވިޔަސް ރުހި ބޮއިލުމަށް
ފަހަރޭ މިއީ މަޖުބޫރުވީ ބަހަނާތަކާ ގޮތް ހުސްވެފާ
ނުދެވޭނެއޭ އެހެނަސް ދުލެއް ފައިތިލަ ލުހެން ހުރި ފިޔަވަޅުން
މިދެމެދުގެ އޮތް ހަމަ ހުސްއެކަނި އެދުމޭ މިއީ ދޫ ނުދެވިފާ