ދަތުރުފެށި ގައުމީ މިއޮޑި އަރަމުންދަނީ އެކި ގިރި ތަކަށް،
ދަރުރުގައި މަޑުކޮށް ލެވޭކަށް ނެތް އަމާންވީ ބަނދަރަކަށް
އެންމެ ފުރަމަ، ކޯސް ދިނީ ދަތުރުގެ ނުބައި ސަމުގާ އަކުން،
ކޮންމެ ދަތުރެއްގައި، ދިމާ މިވަނީ، ނުބައި ޠޫފާނަކަށް
މޫސުމުގެ ކެތި، ރޯނު، ގައި ކަނޑު ގަދަވެ، ހޮޅިލާ ރާޅުގައި،
ޖޫން ޖުލައިގާ ކެތްނުވާނޭ އަންނަ ވަޔަކާ، ކެރިއަކަށް
އެންމެ ފުރަތަމަ ދަތުރުގައި އޮޑި ގޮސް އެރީ "ފުށްގިރި" އަކަށް،
ދެން އެއަށްފަހުވެސް ދަތުރު ކުރަނީ ނުބައި މިސްރާބަކަށް
މާލިމީއާ ކެޕްޓަނާވެސް އޮޑިތެރޭ ނިދިފައި ތިބީ،
މާ ކަނޑުން އުރުނީ "އަލަންގިރި އޭ" ކިޔާ ބޮޑު ގިރިއަކަށް
ދެން ދަތުރު މިސްރާބު ބަދަލުކުރީއެ ޕިކްނިކު ދަތުރަކަށް
ދެން މި ޕިކްނިކު ދަތުރުގައިވެސް، މިއަރަނީ "ކުޑަގިރި" އަކަށް
ޢުމުރު ދިއަޔަސް މިފަދަ "ދޯހަޅި" ދަތުރު ކޮށްގެންނަކުން
ޢުމުރުގައިވެސް ދެން އަލުން ނުދެވޭނެ! ބޭނުން ބަނދަރަކަށް
