ޙަލާލު ޙަރާމަކީ ﷲ ޙުކުމްފުޅުކަން ހަނދާން ކޮށްލާތި
ޙަރާމް ކަންތައް ޙަލާލުކަމަށް ހަދަން ގުންފައި ޖަހާ ނޫޅޭތި
އިލާހީ މާތް ޙުކުމް ފުޅުތައް ބިލާހެއްކަމު ހަދާލާފައި،
އިލާހަށް ގޮންޖަހައި މަތިހަށި ނަގައި"ފުއްޕަން" ތިހެން ނޫޅޭތި
ފަރަންޖީން ދެއްކިހާ މަގަކުން މިދީނުގެ އަސްލު އޮޅުވާއިރު،
ވަރަށްވިސްނައި ސަމާލުވެގެން "ވުމަށް ތައުބާ" ވަގުތު ހޯދާތި
މިދީނުގެ ޢާލިމުން ފަތުވާތަކުންނާ ސުއްނަތުން އަންގާ،
މިދީނުގެ މާތް ޙުކުމްފުޅުތައް، އެއީ "މޯގޭޖަކަށް" ނުހަދާތި
އެތައް ގިނަ ވައްކަމާއި ކޮރަޕްޝަނުން މުޅިތަން ނިމޭއިރުގައި
އެކަން ފޫބެއްދުމަށް "ލާ ދީން ތަކަށް" މަގު ފަހިކުރަން ނޫޅޭތި
ވަރަށް ގަދަ ދެއްކި ފިރްޢައުނާއި ހާމާނާ، އަބޫޖަހުލާ،
މަރަށް ތެޅި ފޮޅުނުގޮތަކީ، ޢިބްރަތެއްކަމުގައި ހަނދާން ކޮށްލާތި
"ތިރީގަޑި ހަމަކުރަން ތިއްބާ މިތާ ޢާޖިޒު މި މަޚްލޫޤުން
މަތީ ގަޑި ޖައްސަވާނީ ޚާލިޤުލްކައުނައިނި ކަން ދަންނާތި"
