އެ ދުވަސްވަނީ ގުޅިފައި އެތައް ޒިކުރާއަކާ، ނުފިލާނެހެން ހަރުލައިފަވާ އެހަނދާންތަކާ
މެކުހަށް ޖަހާ ހޯދަންއެމާ އުޅެވުނު ގޮތާ، ލިބިފާ އެމާ ބީވެ މިއަތުން ދިޔަ ސަބަބަކާ
ބައްދަލުވުމާ އެކު ހެން ފެށުނު އާ ގުޅުމަކާ، ނިމުމެއް ނުވާ ހަންހާރަވެތި އާ ވަސްލަކާ
ޖެހެމުން އެދިޔަ މަޑު ރޯޅިއާ އިވެމުން އެދިޔަ، އެތަކެއް އުފާ މިހިތަށް ގެނެސްދިން މިޔުޒިކާ
ކޮށްހިތްހަލާސް ކުރެވުނު ހުވާ އަދި ވައުދުތައް، ތައުކީދުކޮށް ލިޔެވުނު އެތައް ފޮނި ބަސްތަކާ
މަޑުމަޑު އަތުގެ މަޑު ސާހިރީ މަޑު ބީހިލުން، މުޅިނަފްސުގައި ދިރުމެއް އެރޯ ކުރިކުރުމަކާ
ނާދަނު މަގޭ ނިޔަނެތި ވި ހިތް މަސްތުވެއެކީ، އެކި ތަންތަނުން އަބަދުމެ އެމަލުގެ ފެނުންތަކާ
އުފަލުން ހެމުން އެމަލުގެ ފިޔަތަކުގެ ހިޔަލުގައި، ދާދި އަވަހަށް ފާއިތުވެ ދިޔަ ސާއަތްތަކާ
ކަޅި ސާހިރީ ކަޅިޔާ މުލާގާތުވެ އެހެން އެކުގާ، އެކަނި ތިބެވުނު އެތައް ހިނދުކޮޅުތަކާ
އެދުވަސް އިއާދަވުމުގެ އެދުން ގުޅިފައިވަނީ، ނުވެ އިންދިރާސް އެމަލުގެ ހަނދާން ހުރި ހުރުމަކާ
