Support Us

އެނގޭނީ އެނގޭ މީހަކަށް

ފެންނަ ކުލައެއް ރީތިވިޔަކަސް ވަސް އެނގޭނީ ވަސްބެލިއްޔާ
ދޮންވެފައި، ފައްކާވިޔަސް އަދި ރަހަ އެނގޭނީ ރަހަ ބެލިއްޔާ

ކުލަ ރަނގަޅުވީމާ ނަގައިގެން ކައިލިޔަސް ފާޑެއް ކިޔޭނީ،
ކުޑަދުލުގެ އިޙްސާސްވެސް ފުރިހަމަވެފައި ރަނގަޅަށް ހުރިއްޔާ

ފެންނަކުލަޔަށް ހެއްލިގެން އެ މުގޯލިއަޅަމުން އުޅުނަކަސް
ހުންނަސިފަ ރަނގަށް އެނގޭނީ ލޮލުގެ ފެނުމެއްވެސް ހުރިއްޔާ

ގިސްލަމުންވެސް ބުރަތަކެތި އުފުލައި ތިމާޔަށް އުޅެލެވޭނީ
"ޑިސްކު ތަކުގައި" ހިންދަމާލާނޭ އުރައްޕެއް ވެސް ހުރިއްޔާ

ވިންދުޖެހިޔަސް ނާރުތަކުގައި މަރުނުވާކަންވެސް އެނގޭނީ،
ވިންދު ޖެހުމާއެކު ވަކިން އަދި ހިތުގެ ދިރުމެއްވެސް ހުރިއްޔާ

ފެންނަ އެކިއެކި މަންޒަރާ އިވެމުން އެދާހާ އަޑުތަކަށް
ހެއްލިގެން "ބެހިގެން ނުދާނީ" ވިސްނުމެއް ސިކުނޑީ ހުރިއްޔާ

ވެއްޓިފައި އޮތަކަސް ތަނެއްގައި ޙާލުނެތި ވަރުދެރަވެގެން،
ފެންފޮދެއް ދިނަކަސް ދިރޭނީ ދިރުވުމުގެ ބާރެއް ހުރިއްޔާ

ޖާހިލުން އެކި ނަންނަމުންވެސް ދައްކަމުންދާ ހުވަފެނަށް،
ޢާލިމުން ގޮތުގައި ތަބަޢަ ނުވެ ވާންއޮތީ ހަމަހޭ ހުރިއްޔާ

ކޮންމެ ގޮތަކަށްވެސް ތަބަޢަނުވެ ތެދުމަގުން މީހާ ހިނގޭނީ
އޮންނަ ހެޔޮގޮތް ދީނުގަ އެނގި ދަސްވެފައި މީހާ ހުރިއްޔާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *